ކ. މާލެ
|
9 ސެޕްޓެންބަރ 2019 | ހޯމަ 10:17
ފްރާންސް
ފްރާންސް
ބީބީސީ
ފްރާންސް
ފްރާންސްގެ ހީޓްވޭވް ގައި މަރުވި މީހުންގެ އަދަދު 1435 އަށް
މަރުވި ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 75 އަހަރުން މަތީ މީހުން

ފްރާންސްގެ ހީޓްވޭވްގައި 1435 މީހުން މަރުވެފައިވާ ކަމަށް ފްރާންސްގެ ހެލްތު މިނިސްޓަރ އެގްނެސް ބުޒީން ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ރޭޑިއޯ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ މަރުވި ދެބައިކުޅަ އެއްބައި މީހުންނަކީ އުމުރުން 75 އަހަރުން މަތީ މީހުން ކަމަށް ބީބީސީގައި ރިޕޯޓުކޮށްފައިވެއެވެ.

ހެލްތު މިނިސްޓަރ އާއި ހަވާލާދީ ބީބީސީގައި ބުނެފައިވަނީ 2003 ވަނަ އަހަރުގެ ހީޓްވޭވްގައި މަރުވި މީހުންގެ އަދަދަށްވުރެ މި އަހަރު ހީޓްވޭވްގައި މަރުވި މީހުންގެ އަދަދު 10 އިންސައްތަ އިން މަދުވެފައިވާ ކަމަށެވެ.

މި އަހަރުގެ ޖުލައި މަހުގެ 7 ން 24 އަށް 567 މީހުން ހީޓް ވޭވްގެ ސަބަބުން މަރުވެފައިވާއިރު ޖުލައި މަހުގެ 21 ން 27 އަށް ވަނީ 868 މީހުން މަރުވެފައެވެ.

ޖޫން މަހު ފްރާންސްގެ ޓެމްޕަރޭޗަރ 114.8 ފެރެންހައިޓްއަށް އަރާފައިވާއިރު ފްރާންސްގެ ވެރި ރަށް ޕެރިސްގައި ރެކޯޑު ކުރެވިފައިވާ އެންމެ މަތީ ޓެމްޕަރޭޗަރ އަކީ 108.7 ފެރެންހައިޓްއެވެ.

- ކޮމެންޓް