Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2019 | ހޯމަ 13:19
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު
ރައްޔިތުންގެ މަޖިލިސް
މިނިސްޓަރު ޒަހާ
މިނިސްޓަރު ޒަހާ ނިއުޒީލޭންޑަށް ފުރާވަޑައިގެންފި
ފުރާވަޑައިގެންނެވީ ދެ ބައްދަލުވުމަކަށް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު ނިއުޒީލޭންޑަށް އާދިއްތަ ދުވަހު ފުރާވަޑައިގެންފިއެވެ.

އެކަމަނާ ނިއުޑިލޭންޑަށް ފުރާވަޑައިގެންނެވީ ސެޕްޓެމްބަރ މަހުގެ 3 އިން 6 އަށް ނިއުޒީލޭންޑްގެ އޯކްލޭންޑްގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޕެސިފިކް އައިލެންޑް ނޭޝަންސް މެރިން ކޮންސަރވޭޝަން އެންޑް މެރިޓައިމް ސެކިއުރިޓީ ސަމިޓް" އަދި މެރިން ސްޕޭޝާލް ޕްލޭނިންގ އާއި ގުޅޭ މަސައްކަތު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށެވެ.

Advertisement

މި ދެ ބައްދަލުވުމަކީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި އެންވަޔަރަންމެންޓަލް ލޯ އިންސްޓިޓިއުޓް، ވައިޓް އިންސްޓިޓިއުޓް، އަދި އައިޔޫސީއެން އޯޝެނިއާއާ ގުޅިގެން ބާއްވާ ބައްދަލުވުމަކާއި ސަމިޓެކެވެ. ދެ ބައްދަލުވުމުގައި ޖަޒީރާ ޤައުމުތަކުގެ މެދުގައި، މެރިން ސްޕޭޝަލް ޕްލޭނިންގ އާއި ގުޅޭގޮތުން މަޝްވަރާ ކުރެވި، މި މަސައްކަތް ތަރައްޤީކޮށް ހަރުދަނާކުރުމަށް ބޭނުންވާ ޤާނޫނީ ނިޒާމް ފަރުމާކުރުމުގައި ދުނިޔޭގެ ފެންވަރުގައި ބޭނުންކުރާ ރަނގަޅު އާދަތަކަށް ރިޢާޔަތްކޮށްގެން އެ މަސައްކަތް ކުރުމާއި ގުޅޭ ގޮތުން ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ.

މި ބައްދަލުވުންތަކުގައި ބައިވެރިވުމުން ރާއްޖޭގެ މެރިން ސްޕޭޝަލް ޕްލޭނިންގ ދާއިރާއިން ކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ފަސޭހަ ވެގެންދާނެއެވެ. މި ދަތުރުގައި ހިމެނޭ ބައްދަލުވުންތަކުގައި ޖަމްޢިއްޔާތަކުގެ އިސްވެރިންނާއި ބައްދަލުކޮށް ރާއްޖޭގެ ކަނޑުގެ މާހައުލު ބޭނުންކޮށްގެން ކުރެވެން ހުރި މަސައްކަތްތަކާއި، އެ މަސައްކަތްތައް ސަރުކާރާއި ގުޅިގެން ކުރުމަށް އެފަރާތްތަކުގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް