ފްރާންސްގެ ލިއޯންގެ ވަޅިން ހަމަލާދީ މީހަކު މަރައިފިއެވެ.
އެ ޤައުމުގެ ފުލުހުން ބުނެފައިވަނީ ހަމަލާދީފައިވަނީ ފްރާންސްގެ ލިއޯންގެ ބަސްސްޓޮޕެއްގައި މަޑުކޮށްގެން ތިބި ބަޔަކަށް ކަމަށެވެ. މި ހާދިސާގައި 9 މީހަކަށް އަނިޔާވެފައިވާއިރު އެކަކު މަރުވެ ތިން މީހަކަށް ވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއް ވެފައެވެ. ވަޅީގެ ހަމަލާ ދީފައިވާ ސަބަބު ހާމަވެފައި ނުވާއިރު އެ ސަރަހައްދުގައި ހުރި ސެކިއުރިޓީ ކެމެރާތަކުން ފެންނަ ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން އާންމުން ވަނީ އެމީހާޔާ ވާހަކަ ދައްކައި ހަމަޔަކަށް އެޅުވުމަށް މަސަތްކަތް ކޮށްފައެވެ. މީޑީއާ ރިޕޯތުތައް ބުނާގޮތުން ހާދިސާގައި މަރުވެފައިވަނީ ލިއޯންއާއި ކައިރި އަވަށަކަށް ނިސްބަތްވާ 19 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ މީހަކު ފިލަން އުޅެނިކޮށް ސަބްވޭއިން ހައްޔަރު ކޮށްފައިވާއިރު ފުލުހުން ވަނީ އެއީ އަފްގާނިސްތާން އަށް ނިސްބަތްވާ 33 އަހަރުގެ މީހެއްކަން ކަށުވަރު ކޮށްދީފައެވެ. ފުލުހުން ބުނެފައިވަނީ އެ މީހާ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށާއި އެ ގައުމުގައި ހިމާޔަތް ހޯދުމަށް މިހާރު އެދެމުން އަންނަ ކަމަށެވެ. އަދި މައްސަލައިގައި އެހެން މީހަކު ވެސް ޝާމިލުވެފައިވާ ކަމަށާއި ތުހުމަތު ކުރެވޭ ދެވަނަ މީހާ އަދި ނުފެންނަ ކަމަށެވެ..
މިކަމާއި ގުޅިގެން ލިޔޯންގެ މޭޔަރު ޖެރާޑް ކޮލޮމްބް މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ޓެރެރިސްޓް ޖަމާއަތަކުން ދިން ހަމަލާއެއްކަމަށް ގަބޫލުނުކުރެވޭކަމަށާއި މިކަމުގެ މައުލޫމާތު ފުލުހުންގެ ތަހުގީގަށް ފަހު ހާމަކުރާނެ ކަމަށެވެ.