Advertisement
ކ. މާލެ
|
1 ސެޕްޓެންބަރ 2019 | އާދީއްތަ 11:58
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހައްވާ މުހައްމަދު
އައްޑޫސިޓީ- ހިތަދޫ
މޫދާއި ދިމާލުގައިހުރި ހިލަތަކެއްގެ މައްޗަށް މީހަކު ވެއްޓި ހާލު ސީރިއަސްވެއްޖެ
ހާދިސާ ހިނގާފައިވަނީ ހެނދުނު 08:01 ހާއިރު
އަނިޔާވެފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކަށް
ފުލުހުން ދަނީ މި މައްސަލަ ތަހުޤީޤު ކުރަމުން

ސ. ހިތަދޫ ޕޯޓް ސަރަހައްދުން ސައިކަލެއްގައި ދިޔަ މީހަކު އެ ސަރަހައްދު މޫދާއި ދިމާލުގައި ހުރި ހިލަތަކެއްގެ މައްޗަށް ވެއްޓި ހާލު ސީރިއަސްވެއްޖެއެވެ.

އާދިއްތަ ދުވަހު ހިނގި މި ހާދިސާއާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ހާދިސާ ހިނގާފައިވަނީ ހެނދުނު 08:01 ހާއިރު ކަމަށާއި، މި ހާދިސާގައި އަނިޔާވެފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އެގޮތުން މޫދާއި ދިމާލުގައި ހުރި ހިލަތަކެއްގެ މައްޗަށް ވެއްޓުމުގެ ސަބަބުން އޭނާގެ ހާލު ސީރިއަސް ކަމަށާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިތުރަށް ބުނީ، އޭނާގެ ހާލު ސީރިއަސް ކަމަށާއި، މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.

Advertisement

ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް