ކ. މާލެ
|
31 އޯގަސްޓް 2019 | ހޮނިހިރު 18:11
ޓްވިޓަރގެ ސީއީއޯ ޖެކް ޑޯރސީ
ޓްވިޓަރގެ ސީއީއޯ ޖެކް ޑޯރސީ
ގެޓީ އިމޭޖަސް
ޓްވިޓަރ
ޓްވިޓަރގެ ސީއީއޯގެ އެކައުންޓް ހެކް ކޮށްފި
 
މި މައްސަލަ މިހާރު ވަނީ ހައްލުވެފައި
 
ހެކް ކުރުމުގެ ފަހަތުގައި ތިބީ ޗަކްލިންގް ސްކޮޑް ކިޔާ ގްރޫޕެއް
 
އެކައުންޓް ހެކް ކޮށްލާ ހަޑިހުތުރު ބަހުން ޓްވީޓްތަކެއް ވަނީ ކޮށްފަ

ޓްވިޓަރގެ ކޯ ފައުންޑާ އަދި ޗީފް އެގްޒެކިއުޓިވް (ސީއީއޯ) ޖެކް ޑޯރސީގެ އެކައުންޓް ހެކް ކޮށްލާ ހަޑިހުތުރު ބަހުން ޓްވީޓްތަކެއް ކޮށްފިއެވެ.

ޑޯރސީގެ ޓްވިޓަރ އެކައުންޓް ހެކް ކުރުމުގެ ފަހަތުގައި ތިބީ ޗަކްލިންގް ސްކޮޑް ނަމަކަށް ކިޔާ ގުރޫޕެއް ކަމަށް އެ ގުރޫޕުން ވަނީ ބުނެފައެވެ. އަދި އެމީހުން ވަނީ ހަތަރު މިލިއަނަށްވުރެ ގިނަ މީހުން ފޮލޯ ކުރާ ޑޯރސީގެ ޓްވިޓާ އެކައުންޓުން 15 މިނިޓު ވަންދެން ހަޑިހުތުރު އަދި "ރޭސިސްޓް" ޓްވީޓްތަކެއް ކޮށްފައެވެ.

ޓްވިޓަރއިން ބުނީ މި މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށެވެ. އަދި އެ ކުންފުންޏާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުން ޑޯރސީގެ އެކައުންޓް ހެކް ކުރުމަށް ހެކަރުން ބޭނުންކުރީ ސިމް ސްވޮޕިންގ ނުވަތަ ސިމް ޖެކިންގ ކިޔާ އުކުޅެކެވެ.

މި އުކުޅަކީ މޯބައިލް ކުންފުނިތަކުގެ ކަސްޓަމަރ ކެއަރގައި ތިބޭ ސްޓާފުންނަށް ރިޝްވަތު ދިނުމަށްފަހު، ޓްވިޓާއަށް އެމީހަކު ކަނެކްޓް ކޮށްފައި ހުންނަ ނަމްބަރު އެހެން ސިމް ކާޑަކަށް ޓްރާންސްފަރ ކޮށްގެން ހެކް ކުރުމަށް ގެންގުޅޭ އުކުޅެކެވެ.

ޑޯރސީގެ އެކައުންޓުން ހަޑިހުތުރު ބަހުން ޓްވީޓްތައް ކުރެވުނީ އޭނާގެ ނަމްބަރަށް އެގޮތަށް ހަދައިގެންނެވެ.

އެހެން އެޕެއް ކަމަށްވާ ޑިސްކޯރޑްގައި އެ ހެކަރުން ވަނީ މިކަމާއި ބެހޭގޮތުން ހީ ސަމާސާކޮށް މަޖާ ކުރުމުގެ ގޮތުން ޗެނަލެއް އުފައްދާފައެވެ. ނަމަވެސް އެ ޗެނަލް ވަނީ ފަހުން ޑިލީޓް ކޮށްލާފައެވެ.

ޗަކްލިންގ ސްކޮޑުން މީގެ ކުރިންވެސް އެތައް ބައެއްގެ ޓްވިޓަރ ހެކްކޮށްފައިވާއިރު، އެ ގްރޫޕުން، ބިއުޓީ ވްލޮގަރ ޖޭމްސް ޗާރލްސްގެ ޓްވިޓަރ އެކައުންޓް ހެކޮ ކުރިކަން ފާހަގަކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް