ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 22:21
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ތެރެއިން ދަނގެތީގައި ކުރިޔަށް ދިޔަ ތިމާވެއްޓާ ރައްޓެހި ކޮތަޅު ޕްރޮޖެކްޓް
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ތެރެއިން ދަނގެތީގައި ކުރިޔަށް ދިޔަ ތިމާވެއްޓާ ރައްޓެހި ކޮތަޅު ޕްރޮޖެކްޓް
ބީއެމްއެލް
ބީއެމްއެލް ކޮމިއުނިޓީ ފަންޑް
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ތިންވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
މީގެ ކުރިން ވެސް ބީއެމްއެލްއިން ވަނީ ފަސް ފަރާތަކަށް ފައިސާ ދީފައި
އިޖްތިމާއީ ފައިދާއަށް ކުރާ މަސައްކަތްތަކުގެ އެކި ދާއިރާތަކުން ފައިސާ ދިނުމަށް ހަމަޖެހިފައިވޭ
"އަަހަރެންގެ ބޭންކް" އިނީޝިއޭޓިވްގެ ދަށުން ބީއެމްއެލްއިން ވަނީ 110 ޕްރޮޖެކްޓަކަށް ފަންޑްކޮށް ދީފައި

ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން ހިންގަމުންދާ "އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" ގެ ތިންވަނަ ބުރުގެ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޮމިއުނިޓީ ފަންޑަށް ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިއަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ. އިޖުތިމާއީ ފައިދާ އަށް ހިލޭ ސާބަހަށް ކުރާ މަސައްކަތް، ތައުލީމު، ކުޅިވަރު އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަން ކުރުމަށް ޕްރޮޕޯސަލް ހުށަހެޅޭނެ އެވެ.

ބީއެމްއެލްއިން އަންނަނީ ކޮންމެ ކުއަރޓަރއެއްގައި ވެސް އަންނަނީ ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ދެމުންނެވެ. އެގޮތުން މި ކުއަރޓަރގައި ވެސް ފަސް ޕްރޮޕޯޒަލްއަކަށް ފައިސާ ދޭނެ ކަމަށް ބީއެމްއެލްއިން މައުލޫމާތު ދީފައިވެއެވެ.

ކޮމިއުނިޓީ ފަންޑުގެ ފައިސާއިން ނެއްލައިދޫގައި އެޅި ކުޑަކުދިންގެ ޕާކު ހުޅަވުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކޮމިއުނިޓީ ފަންޑުގެ ފުރަތަަމަ ބުރުގެ އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލްގެ ގޮތުގައި ހިމެނުނީ ހދ.ނެއްލައިދޫ ގައި ކޮމިއުނިޓީ ޕާކެއް ހެދުން، ޅ. ނައިފަރު އަދި މ. ދިއްގަރުގެ ސްކޫލް ސަރަހައްދު ގައި ބެލެނިވެރިންނާއި ދަރިވަރުން ބޭނުން ކުރުމަށް ހިޔާވާ ތަނެއް ހެދުން، އދ. ދަގެނތީގެ ކޮންމެ ގެއަކަށް ތިމާވެއްޓާ ރަށްޓެހި ކޮތަޅު ފޯރުކޮށްދިނުމުގެ އިތުރުން ދ. މާއެނބޫދޫ ސްކޫލުގެ ލައިބްރަރީ ތަރައްޤީކުރުމެވެ.

2018 ވަނަ އަހަރު ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

- ކޮމެންޓް