Advertisement
ކ. މާލެ
|
30 އޯގަސްޓް 2019 | ހުކުރު 13:21
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މެރިޓައިމް ސްޓަޑީޒް
މެރިޓައިމް ސްޓަޑީޒް ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށައަޅައިފި
ޕެޓިޝަން ހުށައަޅާފައިވަނީ ބުރާސްފަތި ދުވަހު
ހުށައަޅާފައިވަނީ 200 މީހުންގެ ސޮއާއެކު
ކޯސްތައް ހިންގުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އެދިފައިވޭ

ރާއްޖޭގެ މެރިޓައިމް ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފުރުސަތެއް ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

ބުރާސްފަތި ދުވަހު މި ޕެޓިޝަން ހުށައަޅާފައިވަނީ 200 މީހުންގެ ސޮޔާއެކުއެވެ.

Advertisement

އެގޮތުން ޕެޓިޝަންގައި ބުނެފައިވަނީ، ޓްރާންސްޕޯރޓް އޮތޯރިޓީގެ މެރިޓައިމް ދާއިރާއާއި މެރިޓައިމް ސްޓަޑީޒްއާ ގުޅުންހުރި ކަންކަން ހިންގުމުގައި ދިމާވެފައިވާ މައްސަލަތަކާއި، ދާއިރާގެ ކޯސްތައް ހިންގުމާ ގުޅޭގޮތުން މަޖިލިސް މެމްބަރުންނާ މަޝްވަރާ ކުރުމަށް އެދިލައްވާ ކަމަށެވެ.

މަޖިލީހަށް ހުށައަޅާފައިވާ ޕެޓިޝަން

އަދި މެރިޓައިމް ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާއި، އެ ސިނާޔަތު އިތުރަށް ކުރިއެރުވޭނެ ގޮތްތަކުގެ އިތުރުުން، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށްވެސް ޕެޓިޝަންގައި ވަނީ އެދިފައެވެ.

އޭގެ އިތުރުންވެސް، ޓްރާންސްޕޯރޓް އޮތޯރިޓީގެ ހިންގުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ފުރުސަތެއް ދިނުމަށް މި ޕެޓިޝަނުގައި އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް