Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 13:43
ބްރިޖުމަތީގައި ހިނގި އެކްސިޑެންޓް
ބްރިޖުމަތީގައި ހިނގި އެކްސިޑެންޓް
ޓްވިޓަރ
އެމްއެންޑީއެފް-އެކްސިޑެންޓް
ހައިވޭގައި އެމްއެންޑީއެފްގެ ވެހިކަލެއް އެކްސިޑެންޓް ވެއްޖެ
އެކްސިޑެންޓުގެ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދޭ
ހާދިސާގެ ރިޕޯރޓް ލިބިފައިވަނީ ބުރާސްފަތި ދުވަހު މެންދުރު 12:37 ހާއިރު
އެކްސިޑެންޓުވީ ވެހިކަލް ޑިވައިޑަރ ތަކުގައި ޖެހިގެން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ވެހިކަލެއް ސިނަމާލޭ ބްރިޖުމަތިން އެކްސިޑެންޓު ވެއްޖެއެވެ.

އެމްއެންޑީއެފްގެ ވެހިކަލެއް ބްރިޖު މަތީގައި އެކްސިޑެންޓު ވެފައިވާ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު ވަނީ އެމްއެންޑީއެފްގެ އުޅަނދެއް ސިނަމާލޭ ބްރިޖު މަތީގައި އެކްސިޑެންޓު ވެފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓް

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެހާދިސާގެ ރިޕޯރޓް ލިބިފައިވަނީ ބުރާސްފަތި ދުވަހު މެންދުރު 12:37 ހާއިރު ކަމަށާއި، އެކްސިޑެންޓު ވެފައިވަނީ އެމްއެންޑީއެފް މޮޓޯކޭޑްގެ އުޅަނދެއް ކަމަށެވެ. އެގޮތުން އެ އުޅަނދު ހުޅުމާލޭ ބްރިޖާއިވީކޮޅަށް ހައިވޭގައި ދަތުރުކުރަމުން ދަނިކޮށް ޑިވައިޑަރ ތަކުގައި ޖެހިގެން ހިނގި ހާދިސާއެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާދިސާގެ އިތުރު ތަފްސީލު ހާމަކުރައްވާނެ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
29 އޯގަސްޓް 2019 | ބުރާސްފަތި 14:08
އިއްބެ
ތި އެކްސިޑެންޓް ނުވީޔާ ދެރަ. ހިތުން މާމޮޅައް ދުއްވޭ ބަޔަކައް ވެގެން އޅޭބައެއް ތީ