Advertisement
ކ. މާލެ
|
29 އޯގަސްޓް 2019 | ބުރާސްފަތި 18:01
މި ސިސްޓަމް އިން ނަގާނީ މޫނުގެ 128 ޕޮއިންޓް
މި ސިސްޓަމް އިން ނަގާނީ މޫނުގެ 128 ޕޮއިންޓް
ފުލުހުން
ފުލުހުންގެ ފޭސް ރިކޮގްނިޝަން ސިސްޓަމް ތަޖުރިބާކޮށްލުން ޓެކް ފެއަރގައި
ކުރިއަށް އޮތްތާގައި މި ސިސްޓަމް އަޕްގްރޭޑް ކުރެވޭނެ
ކުށުގެ ރިކޯޑް އާންމު ސަރަހައްދުތައް ދައްކުވައިދޭ ޑޭޓާ ޕޯޓަލް އާންމުކުރަން މަސައްކަތްކުރަން
ފުލުހުންގެ ސްޓޯލުން އެ ބޭފުޅުން ބޭޏުންކުރާ ޒަމަނީ ވަސީލަތްތައް ފެނިގެން ދާނެ

އއ. އުކުޅަހުގައި އޮގަސްޓް 26 އިން ފެށިގެން ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އުކުޅަސް ޓެކް ފެއަރގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފޭސް ރިކޮގްނިޝަން ސިސްޓަމް ދައްކާލައިފިއެވެ.

ފުލުހުންގެ އައިޓީ ޑިޕާޓްމެންޓް އިން ބުނީ މި ސިސްޓަމަކީ މޫނުގެ 128 ޕޮއިންޓް ނަގާ ޑިޕާރޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަންގެ ޑޭޓާ ސެޓް އަކުން ދިމާވާ މޫނު ކަލްކިއުލޭޓް ކޮށް ފޭސް ރިކޮގްނިޝަން ދިމާވާ މޫނުތައް މި ސިސްޓަމުން ފެނިގެންދާނެ ކަމުގައެވެ. އަދި ކުރިއަތް އޮތްތަނުގައި މި ސިސްޓަމް އިތުރަށް އަޕްޑޭޓްކުރެވި ހަމައެކަނި މީހެއްގެ ލޮލުން ނުވަތަ ނޭފަތުން ވެސް މީހާ ދެނެގަނެވޭނެ ގޮތް ހެދުމުގު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ޑިޕަރޓްމެންޓް އިން ބުންޏެވެ.

ފޭސް ރެކޮގްނިޝަން ސިސްޓަމްގެ އިތުރުން ފުލުހުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ކުށްތައް ދެނެގަނެ އެއް މެޕެއްގައި ދައްކުވައިދޭ ސިސްޓަމްވެސް ފެއަރ ގައި ދައްކާފައެވެ. މި ސިސްޓަމުން ރަށްރަށުގައި ހިނގާފައިވާ ކުށްތަކާ، ކުށްތައް ހިނގާފައިވާ ސަރަހައްދުތައް ފަސޭހައިން ދެނެގަނެވެއެވެ. އަދި ފުލުހުން ޕެޓްރޯލްކުރުމުގެ މަސައްކަތް ކުރާއިރު ކުށުގެ އަމަލުތައް ގިނަ ހިސާބުތަކަށް ބޮޑު ސަމާލުކަމެއްދީގެން ޕެޓްރޯލްކުރުމަށް ފަސޭހަވެގެންދެއެވެ. މި ސިސްޓަމް އިން ސަރަހައްދު ތަކުގެ ކުށްތަކުގެ އިތުރުން ފުލުން އެވަގުތަކު ޕެޓްރޯލްކުރަމުންދާ ސަރަހައްދުތައް ވެސް ފެނިގެންދާނެއެވެ.

Advertisement

ކުށުގެ ރިކޯޑް އާންމު ސަރަހައްދުތައް ދައްކުވައިދޭ ޑޭޓާ ޕޯޓަލް އާންމުންނާ ފެންނާނެ ގޮތަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ މި ޓެކް ފެއަރ ގައި އެބޭފުޅުންގެ ސްޓޯލްގައި އެބޭފުޅުން އިމްޕްލިމެންޓް ކުރަން ފަށާފައިވާ، ނަމްބަރ ޕްލޭޓް ރެކޮގްނިޝަން ސިސްޓަމާއި ތަރައްގީ ކުރުމުގެ މަސައްކަތްކުރަމުންދާ، އޮބްޖެކްޓް ރެކޮގްނިޝަން ސިސްޓަމްގެ ޕްރޮޓޯ ޓައިޕެއްވެސް ދައްކާލާފައެވެ. މީގެ އިތުރުން ފުލުހުން ބޭނުންކުރާ އެންމެ ފަހުގެ ޒަމާނީ މުއާސަލާތީ ވަސީލަތްތަކާއި ތަހުގީގުތަކުގައި ބޭނުންކުރާ އިންޓަރވިއު ރެކޯޑިން ސިސްޓަމް މަސައްކަތްކުރާ ގޮތްވެސް މި ފެއާގައި ފުލުހުންވަނީ ދައްކާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް