ކ. މާލެ
|
2 އޯގަސްޓް 2019 | ހުކުރު 09:10
2018 ވަނަ އަހަރު ޑެންގޫ ހުން ޖެހިގެން މަރުވެހައިވަނީ އެންމެ މީހެކެވެ.
2018 ވަނަ އަހަރު ޑެންގޫ ހުން ޖެހިގެން މަރުވެހައިވަނީ އެންމެ މީހެކެވެ.
ރާއްޖެއެމްވީ
ޑެންގޫ ހުން
ޑެންގޫ ޖެހިގެން ކުޑަ ކުއްޖަކު މަރުވެއްޖެ
އެކުއްޖާ ނިޔާވި އިރު ޑެންގޫއަށް ޕޮޒިޓިވް ވެފައިވާކަމަށް އައިޖީއެމްއެޗް އިން ބުނޭ
ހާޖަރާއަކީ ސިކްލް ސެލް އެނީމިއާ ވެސް ޕޮޒިޓިވް ކުއްޖެކެ

ޑެންގޫ ހުން ޖެހިގެން 11 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެއްޖެއެވެ.

ބުދަ ދުވަހުން ފެށިގެން އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ބުރާސްފަތި ދުވަހުގެރޭ ނިޔާވެފައިވަނީ ހ. ޝެލްފްލާވާ-މއ ނީލަމުގެއާގެ، ހާޖަރާ ބިންތު އަލީ އެވެ. އޭނާ ނިޔާވި އިރު ޑެންގޫއަށް ޕޮޒިޓިވް ވެފައިވާކަމަށް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ.

ސިކްލް ސެލް އެނީމިއާ ވެސް ޕޮޒިޓިވް ހާޖަރާއަކީ ޑެންގޫ ހުން ޖެހިގެން މިއަހަރުގެ ތެރޭގައި ނިޔާވި ދެވަނަ ކުއްޖާއެވެ. ނިމިދިޔަ ޖުލައި މަހު ޑެންގޫ ހުން ޖެހިގެން ނުވަ އަހަރުގެ ތެލެސީމިއާ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.

ޑެންގޫ، ޗިކަންގުންޔާ އަދި ވައިރަލް ފީވާރ ފަދަ ބަލިތައް ރާއްޖޭގައި މިދުވަސްކޮޅު ދަނީ އާންމު ވަމުންނެވެ. މި ބަލިތަކުން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ)އާ ސިއްހީ ހިދުމަތްދޭ ވުޒާރާތަކުން އަންނީ އިލްތިމާސްކުރަމުންނެވެ.

އެޗްޕީއޭއިން ދަނީ މަދިރީގެ ސަބަބުން ފެތުރޭ ބަލިތައް ނައްތާލާ އެ ބަލިތަކުން ވީހާވެސް ގިނަ މީހުން ސަލާމަތްކުރުމުގެ ގޮތުން މަދިރި ނައްތާލުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި ހުން އައިސް މާ ގިނަ ދުވަސްވާނަމަ ލަސްނުކޮށް ޑޮކްޓަރެށް ދެއްކުމަށް އެވުޒާރާއިން އިލްތިމާސްކުރެއެވެ.

- ކޮމެންޓް