ކ. މާލެ
|
31 ޖުލައި 2019 | ބުދަ 22:42
އަލައް ގެންނަ ދެ ބޯޓް ގަނައުމަށްފަހު މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނޭ
އަލައް ގެންނަ ދެ ބޯޓް ގަނައުމަށްފަހު މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނޭ
ރާއްޖެއެމްވީ
މޯލްޑިވިއަން
މޯލްޑިވިއަން އަށް އެއާބަސް އޭ 330 ގެ ދެ ބޯޓު ގެންނަނީ
ދެ މަތިންދާބޯޓު ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގެނެސް ހިދުމަތަށް ނެރެން އަންނަނީ މަސައްކަތް ކުރަމުން
އަލައް ގެންނަ ދެ ބޯޓް ގަނައުމަށްފަހު މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށަން ވަނީ ހަމަޖެހިފައި

ޤައުމީ އެއަރލައިން އިން އޭ 330 މަރުކާގެ ދެ މަތިންދާބޯޓު ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭގައި ގެނެސް ހިދުމަތަށް ނެރެން މަސައްކަތް ކުރަމުން އަންނަ ކަމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ބުނެފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަނުން ބުނީ އަލަށް ގެންނަ ދެ ބޯޓް ގަނައުމަށްފަހު މޯލްޑިވިއަންގެ ދަތުރުތައް އާ މަންޒިލްތަކަށް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

މޯލްޑިވިއަން އިން މިހާރު އޮޕަރޭޓް ކުރަނީ ޑޭޝް8-200 މަރުކާގެ ދެ ބޯޓާއި ޑޭޝް8-300 މަރުކާގެ އަށް ބޯޓާއި އެއާބަސް އޭ-320 މަރުކާގެ އެއް ބޯޓާއި އެއާބަސް އޭ-321 މަރުކާގެ އެއް ބޯޓް އަދި ޑީއެޗްސީ ޓްވިން އޮޓާގެ 11 ބޯޓެވެ.

- ކޮމެންޓް