Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 18:56
ފުލުހުން ވަނީ މި އޮޕަރޭޝަންގައި ހަ ކިލޯގެ މަސްތުވާތަކެތި އަތުލާގަނެފައި
ފުލުހުން ވަނީ މި އޮޕަރޭޝަންގައި ހަ ކިލޯގެ މަސްތުވާތަކެތި އަތުލާގަނެފައި
ޕޮލިސް
މަސްތުވާތަކެތި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، އެކަމުގައި އުޅޭ ބޮޑެއް ހައްޔަރުކޮށްފި
އޮޕަރޭޝަން ކުރިއަށް ގެންގޮސްފާވަނީ ފުލުހުންގެ ޑްރަގް އެންފޯރސްމެންޓް ޑިޕާރޓްމެންޓާ، ޑްރަގް އިންޓެލިޖެންސް އަދި މަތި އުތުރު ޑިވިޝަން ގުޅުގެން

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މަސްތުވާތެކި ވިއްކުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

Advertisement

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ މީގެ ހަތް ދުވަސް ކުރިން ފެށި މި އޮޕަރޭޝަންގައި ވަނީ މަސްތުވާތަކެތި ޓްރެފިކްކުރާ ބޮޑެއް ހައްޔަރުކޮށްފައިކަމަށެވެ. އަދި އެ މީހާގެ އިތުރުން ހަ ކިލޯގެ މަސްތުވާތަކެތި ވެސް އަތުލާގަނެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފާވަނީ ފުލުހުންގެ ޑްރަގް އެންފޯރސްމެންޓް ޑިޕާރޓްމެންޓާ، ޑްރަގް އިންޓެލިޖެންސް އަދި މަތި އުތުރު ޑިވިޝަން ގުޅުގެންނެވެ.

މި ފަހަކަށް އައިސް ފުލުހުންވަނީ ގިނަ އޮޕަރޭޝަން ތަކެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާ ނައްތާލާފައެވެ. އަދި މަސްތުވާތަކެއްޗާއި ދެކޮޅަށްކުރާ މަސައްކަތުގައި ބޮޑެތި ކުރިއެރުންތަކެއްވެސް ހޯދައިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް