Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 12:48
މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
އެންވަރަންމަންޓް މިނިސްޓްރީ
ނ. ހޮޅުދޫގައި ފެން ހިންދާ ނިޒާމު ގާއިމުކުރުން
ނ. ހޮޅުދޫގައި ފެން ހިންދާ ނިޒާމު ގާއިމުކުރުމަށް ބަޔަކާ ހަވާލުކޮށްފި
މައްސަލަ ހައްލުކުރުމަށް ޖުމްލަ ހަ މިލިއަން ފަސްލައްކަ ފަސްދޮޅަސް ނުވަ ހާސް ބައްތިރީސް ރުފިޔާ ޚަރަދުވާނެ
މި މަޝްރޫޢު ނިމުމަށް ހަމަޖެހިފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި

ނ. ހޮޅުދޫ ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑާއި ހަވާލު ކޮށްފިއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން އަންގާރަ ދުވަހު ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަމަންޓް ޑރ ޙުސެއިން ރަޝީދު ޙަސަނެވެ. އަދި ކެނޭޑިއަން ކްރިސްޓަލައިން ވޯޓާރ އިންޑިއާ ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ލީގަލް ރެޕްރެސެންޓޭޓިވް ހަމްދޫން އަނީސެވެ.

Advertisement

ވާރޭ ވެހުމުގެ ސަބަބުން ނ. ހޮޅުދޫގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ޖުމްލަ ހަ މިލިއަން ފަސްލައްކަ ފަސްދޮޅަސް ނުވަ ހާސް ބައްތިރީސް ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 10 މަސް ދުވަހުގެ ތެރޭގައެވެ. އަދި މި މަޝްރޫއު އަކީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް