Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 12:00
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ސޯޝަލް މީޑިއާ
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔުމަށް ގެސްޓް ޓްރާންސްފަރގެ ހިދުމަތް ތައާރަފުކޮށްފި
މި ހިދުމަތަށް އެއްވެސް ފީއެއް ނުނަގާނެ
ހިދުމަތް ތައާރަފުކޮށްފައިވަނީ ހިދުމަތް ހޯދަން ހޮސްޕިޓަލަށް ޒިޔާރަތްކުރާ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން

މާލެ ސިޓީ އިން ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔުމަށް ގެސްޓް ޓްރާންސްފަރގެ ހިދުމަތް ތައާރަފު ކޮށްފިއެވެ.

މި ހިދުމަތް އެ ހޮސްޕިޓަލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ ދަށުން ތައާރަފުކޮށްފައިވާއިރު މި ހިދުމަތަށް އެއްވެސް ފީއެއް ނުނަގާނެއެވެ. އެ ހޮސްޕިޓަލުން ބުނީ މި ހިދުމަތް ތައާރަފުކޮށްފައިވަނީ ހިދުމަތް ހޯދަން ހޮސްޕިޓަލަށް ޒިޔާރަތްކުރާ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށެވެ.

Advertisement

ހޮސްޕިޓަލުން އެޕޮއިންޓްމަންޓް ޔަޤީންވާ ވަގުތު ޓްރާންސްފަރ ހިދުމަތަށް ބުކިންގ ހެދުމުގެ ފުރުސަތު ގެސްޓް ސަރވިސް ރިސެޕްޝަން އަދި ކޮންޓެކްޓް ސެންޓަރުގެ ނަންބަރު 3351610 އިން ހެދޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި މި ހިދުމަތް ބޭނުންކުރުމަށް އެޕޮއިންޓްމަންޓް ކަށަވަރު ވިކަމުގެ މެސެޖް ޑްރައިވަރަށް ދައްކަންވާނެ ކަމަށާއި ކޮންމެ ބަލިމީހަކާއެއްކޮށް އެއް އެހީތެރިއަކަށް މި ހިދުމަތް ބޭނުންކުރެވޭނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރާންސްފަރގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލެ ޕޮލިސް ޓޯޔާޑް ކައިރިން، ބޮޑުތަކުރުފާނު މަގުން ކަމަށް ވެސް އެ ހޮސްޕިޓަލުން އިތުރަށް ބުނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ގެސްޓް ޓްރާންސްޕަރ ހިދުމަތުގެ ގަޑިތައް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
30 ޖުލައި 2019 | އަންގާރަ 12:10
އިމްރާން
ތީ ވަރަށް ރަނގަޅު ކަމެއް އެހެންނޫނީ ކޮންމެ ފަހަރަކު 200 ރުފިޔާ. އެހެނަސް މީ ހިލޭ ދޭ ޙިދުމަތެއްތޯ ނޫނީ އަގަށް ކުރާ ކަމެއްތޯ މީ ސުވާލެއް.