Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 11:56
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު
ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފު
ޝުއައިބް މުހައްމަދު އިގްބާލް
ބީއެމްއެލްގެ ބޯޑު
ބީއެމްއެލްގެ އާ ބޯޑުން ޝަރީފުގެ ނަން އުނިކޮށްފި
ބީއެމްއެލްގެ ބޯޑަށް ސަރުކާރުން 8 މެމްބަރުން އައްޔަންކުރާނެ
އެ ބޯޑުގައި ޖުމްލަ ތިބެނީ 11 މެމްބަރުން

ސަރުކާރުން ބީއެމްއެލްގެ ބޯޑަށް ހުށަހެޅި މެންބަރުންގެ ލިސްޓުން އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފުގެ ނަން އުނި ކޮށްފިއެވެ.

ބީއެމްއެލް އިން ވަނީ އާ ބޯޑުން ޝަރީފުގެ ނަން އުނިކޮށްފައިވާކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދީފައެވެ.

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން 8 މެމްބަރުން އައްޔަންކުރާއިރު އެ ބޯޑުގައި ޖުމްލަ ތިބެނީ 11 މެމްބަރުންނެވެ. މީގެ އިތުރުން ބޯޑުގައި ދެން ހިމެނޭނީ އާންމު ހިއްސާދާރުން އައްޔަންކުރާ ތިން ހިއްސާދާރެކެވެ.

ބީއެމްއެލްގެ ބޯޑަށް ސަރުކާރުން މިހާތަނަށް ހުށަހަޅާފައިވާ ނަންތަކަކީ އެ ބޭންކްގެ ސީއީއޯ ޓިމޮތީ ސޯޔާގެ ނަމާއި ޖުވައިރިޔާ ސައީދު، ސަނާ މަންސޫރު، ނަޖީމް އިބްރާހީމް ޒަކަރިއްޔާ، ހައްވާ ސަފުނާގެ އިތުރުން، ހުސައިން ތައުފީގު އަލީ ގެ ނަމެވެ.

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ އަންގާރަ ދުވަހުގެ ރޭ އޮންނާނެއެވެ. މި ޖަލްސާގެ ތެރެއިން ބޯޑަށް މެމްބަރުން ވެސް އައްޔަން ކުރާނެއެވެ.

ބީއެމްއެލްގެ އާ ބޯޑުން ޝަރީފުގެ ނަން އުނިކޮށްފައިވާއިރު ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލައިގެ ތަހްގީގު ކުރިއަށް ދާ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ.

Advertisement

ފުލުހުންގެ އިދާރާއިން ބުނީ ޝަރީފްގެ މައްސަލައިގައި ހާމަކުރެވެން އޮތް ހަމައެކަނި މައުލޫމާތަކީ، މައްސަލައިގެ ތަހްގީގު ކުރިއަށްދާ ކަން އެކަނި ކަމަށެވެ. އިތުރު މައުލޫމާތު ހިއްސާކުރެވޭ މިންވަރަކުން ހިއްސާ ކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

މާލިއްޔަތު ކޮމިޓީއަށް، ޝަރީފް ސައްހަ ނޫން މައުލޫމާތު ދެއްވި މައްސަލަ ތަހްގީގުކޮށް ދިނުމަށް ފުލުހުންގެ އިދާރާއަށް ފޮނުވަން ނިންމާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުން ބުނެފައިވަނީ 23 ޖުލައިގައި އޮތް، މަޖިލިސް ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

އެމްއެމްޕީއާރްސީގެ 1.3 މިލިޔަން ރުފިޔާގެ ހިޔާނާތުގެ މައްސަލަ މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި މި ކަމާއި ގުޅިގެން ސުވާލުކުރަންޖެހޭ ފަރާތްތައް ކޮމިޓީއަށް ހާޒިރުކޮށް އަންނަނީ ސުވާލު ކުރަމުންނެވެ. އެގޮތުން 16 ޖުލައިގައި އޮތް ކޮމިޓީގެ ބައްދަލުވުމަށް ބީއެމްއެލް ހާޒިރުކޮށް އެސްއޯއެފްގެ އެކައުންޓަށް " ނޮން ނެގޯޝިއެބަލް" ޖަހާފައިވާ ޗެކްތަކެއް، ބޭންކްއިން ޖަމާކޮށްދިންތޯ މެމްބަރަކު ސުވާލުކުރެއްވުމުން ،ޝަރީފް ވިދާޅުވެފައިވަނީ "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ ޗެކްތަކެއް އެސްއޯއެފްގެ އެކައުންޓަށް ބޭންކްއިން ޖަމާކޮށްދީފައިނުވާ ކަމަށެވެ.

2014 ވަނަ އަހަރުގެ ޑިސެމްބަރުން ފެށިގެން 2015 އޮކްޓޯބަރުމަހުގެ ނިޔަލަށް "ނޮން ނެގޯޝިއެބަލް" ޖަހާފައިވަނިކޮށް އެންޑޯސް ކޮށްގެން ޖަމާކޮށްފައިވާ 6 ޗެކެއްގެ ތަފްސީލް ރާއްޖެއެމްވީއަށް ވަނީ ލިބިފައެވެ. ބޭންކުން ވަނީ ހަތް މިލިޔަން ދެލައްކަ ފަންސާސްހާސް ޑޮލަރު، ދިވެހި ފައިސާއިން ނަމަ ( ސަތޭކަ އެގާރަ މިލިޔަން ރުފިޔާ) ގެ "ނޮން ނެގޯޝިއެބަލް" ޖަހާފައިވާ، އެކި ބޭންކްތަކުގެ 6 ޗެކެއް އެސްއޯއެފް އެކައުންޓަށް ޖަމާކޮށްދީފައެވެ. މި ޗެކްތަކަކީ ބީއެމްއެލް ނޫން އެހެން ބޭންކުތަކުގެ ޗެކްތަކެކެވެ. ބީއެމްއެލްއިން "ނޮން ނެގޯޝިއެބަލް" ޖަހާފައި ވަނިކޮށް ޖަމާކޮށްފައިވަނީ މަލްޓިނޭޝަނަލް ބޭންކްއަކާއި ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ އިންޓަރނޭޝަނަލް ބޭންކެއްގެ ބްރާންޗެއްގެ ޗެކްތަކެކެވެ.

މި ކަމާއި ގުޅިގެން ބީއެމްއެލް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ބޭންކްއިން މަޖިލީހަށް ފޯރުކޮށްދީފައިވަނީ ސައްހަ ތެދު މައުލޫމާތު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް