Advertisement
ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 08:47
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު
ޝުއައިބް މުހައްމަދު އިގްބާލް
ސްމާޓް މީޓަރުތައް
ސްމާޓް މީޓަރުތައް ފެނަކައިން ދެ ރަށެއްގައި ހަރުކޮށްފި
ސްމާޓް މީޓަރު ހަރުކޮށްފައިވަނީ ބ. ގޮއިދޫ އާއި ތ. ބުރުނީގައި

ސްމާޓް މީޓަރުތައް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ދެ ރަށެއްގައި ހަރުކޮށްފިއެވެ.

ފެނަކަގެ ފަރާތުން ސްމާޓް މީޓަރު ހަރުކޮށްފައިވަނީ ބ. ގޮއިދޫ އާއި ތ. ބުރުނީގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ އެ ދެ ރަށުގައި ސްމާޓް މީޓަރު ހަރުކުރެވި ރަނގަޅު ނަތީޖާ ވެސް ފެންނަމުންދާ ކަމަށެވެ. އަދި އަމާޒަކީ 63،000 ކަސްޓަމަރުންނަށް އެ ހިދުމަތް ތައާރަފު ކޮށްދިނުން ކަމުގައެވެ.

ސްމާޓް މީޓަރުތައް ހަރުކުރުމުން އެކިއުރޭޓް ރީޑީންތައް ނެގޭނެކަން ފާހަގަކޮށް ސައީދު ވިދާޅުވީ ގޭގައި ތަޅުލާފައި ހުއްޓަސް ނިޒާމްތައް ބޭނުން ކޮށްގެން ފެނަކައިގެ މުވައްޒަފުންނަށް ރީޑީން ނަގާލެވޭނެ ކަމަށެވެ.

Advertisement

ސައީދު އިތުރަށް ވިދާޅުވީ ބޮޑެތި އާބާދީތަކުގެ ރަށްތަކުގައި ސްމާޓް މީޓަރުތައް ކުރިއަށް އޮތް ތާނގައި ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ފެނަކައިގެ އަމާޒަކީ ރާއްޖެއަށް ޕްރީފެއިޑް ކަރަންޓް މީޓަރުތައް ހަރުކޮށް، އެ ހިދުމަތް ވެސް ދިނުންކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ޕްރީޕެއިޑް ކަރަންޓް މީޓަރުގައި ޓޮޕް އަޕްކޮށްގެން ބޭނުންވާ ވަރަކަށް ހިދުމަތް ބޭނުން ކުރެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ފެނަކައިގެ ހިދުމަތްތައް ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް މިހާތަނަށް 135 މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް