ކ. މާލެ
|
30 ޖުލައި 2019 | އަންގާރަ 08:11
ޖޯޓަން މެރިން ސެމިނަރ ގެ ތެރެއިން
ޖޯޓަން މެރިން ސެމިނަރ ގެ ތެރެއިން
ކަލަބޭންކް
ކަލަބޭންކުން ޖޯޓަން މެރިން ސެމިނަރ ގެ ނަމުގައި ހާއްސަ ސެމިނަރ އެއް ބާއްވައިފި
ޖޯޓަން މެރިން ކޯޓިންގްސްގެ ފަރާތުން އޮޑިދޯނިފަހަރުގައި ކުލަ ލާ ގޮތުގެ މައްޗަށް އަލި އަޅުވާލާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލި
މިފަދަ ސެމިނަރ އެއް ބޭއްވުމުގެ މަގުސަދަކީ ކަސްޓަމަރުންނަށް އެކި އުފެއްދުންތަކުން ޑިސްކައުންޓް ހޯދަދިނުން
މުހައްމަދު ހުސާމް ވިދާޅުވީ މި ސެމިނަރ ވެގެން ދިޔައީ ވަރަށްވެސް ކާމިޔާބު ސެމިނަރ އަކަށް ކަމަށް

މޯލްޑިވްސް ބޯޓް އޮނަރސް އެސޯސިއޭޝަނާއި ގުޅިގެން ކަލަބޭންކުން ޖޯޓަން މެރިން ސެމިނަރ ގެ ނަމުގައި ހާއްސަ ސެމިނަރ އެއް ބާއްވައިފިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ސެމިނަރ އަކީ ކަލަރ ބޭންކުން ވިއްކާ ޖޯޓަން މެރިން ޕެއިންޓްގެ މައުލޫމާތު ހިއްސާކުރުމުގެ ގޮތުން ބޭއްވި ސެމިނާއެކެވެ.

މި ސެމިނަރ ގައި މޯލްޑިވްސް ބޯޓް އެސޯސިއޭޝަންގެ ބައެއް ބޭފުޅުންގެ އިތުރުން ޖޯޓަން މެރިން ކޯޓިންގްސްގެ މެރިން ސޭލްސް މެނޭޖަރ މުހައްމަދު ހުސާމް އާއި ކަލަބޭންކްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ހާނީ ބައިވެރިވެލެއްވިއެވެ.

ނޯރވޭގެ ކުންފުންޏެއް ކަމުގައިވާ ޖޯޓަން މެރިން ކޯޓިންގްސްގެ ފަރާތުން އެކުންފުނީގެ ސޭލްސް މެނޭޖަރ ވަނީ މި ސެމިނަރގައި އެ ކުންފުނީގެ އިތުރުން އޮޑިދޯނިފަހަރުގައި ކުލަ ލާ ގޮތުގެ މައްޗަށް އަލި އަޅުވާލާ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.

ސެމިނަރގައި ވާހަކަ ދައްކަވަމުން ބޯޓް އޯނަރސް އެސޯސިއޭޝަންގެ ފަރާތުން ވާހަކަ ދައްކަވަމުން މުހައްމަދު ނާޒިމް ވިދާޅުވީ ކަލަބޭންކް ފަދަ ކުންފުންޏަކާއި ގުޅިގެން މިފަދަ ސެމިނަރ އެއް ބޭއްވުމުގެ މަގުސަދަކީ ކަސްޓަމަރުންނަށް އެކި އުފެއްދުންތަކުން ޑިސްކައުންޓް ހޯދަދިނުން ކަމަށާ ރަނގަޅު ޕްރޮޑަކްޓްތައް ދައްކައިދިނުން ކަމަށެވެ.

ޖޯޓަން މެރިން ކޯޓިންގްސްގެ ފަރާތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މުހައްމަދު ހުސާމް ވިދާޅުވީ މި ސެމިނަރ ވެގެން ދިޔައީ ވަރަށް ވެސް ކާމިޔާބު ސެމިނަރ އަކަށް ކަމަށެވެ.

އަޅުގަނޑުމެން ވަރަށް އުފާވޭ ރަނގަޅުގޮތުގައި ކަސްޓަމަރުންނަށް އެހީވާން، މިފަދަ ސެމިނަރ ތަކަކީ ކަސްޓަމަރުންނާއި ގުޅުން ބަދަހި ކުރުމަށް ލިބިގެންދާ ބޮޑު ފުރުސަތެއް
ޖޯޓަން މެރިން ކޯޓިންގްސްގެ މެރިން ސޭލްސް މެނޭޖަރ މުހައްމަދު ހުސާމް

ކަލަބޭންކްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ހާނީ ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކަލަބޭންކުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ގާތުން އުފެއްދުންތަކުގެ މައުލޫމާތު ދިނުމަށް ކަމަށެވެ.

އަޅުގަނޑުމެން ހަމައެކަނި ޕްރޮޑަކްޓް ވިއްކަނީކީ ނޫން، ޕްރޮޑަކްޓާއެކީ އެ ޕްރޮޑަކްޓް ބޭނުންކުރާގޮތާއި ފަހުގެ ސިސްޓަމްސްއާއި ފަހުގެ ޓެކްނޮލޮޖީސް އަދި ހަރަދުތައް ލުއި ކުރާނެ ގޮތް ކިޔައިދެން
ކަލަބޭންކްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ހާނީ

މި ސެމިނަރގައި ހާއްސަ ލަކީ ޑްރޯއެއް ވެސް ވަނީ ނަގާފައެވެ. އެގޮތުން ގުރުއަތުން ދިމާވި ފަރާތަށް ދުބާއީގެ ދަތުރެއް އިނާމެއްގެ ގޮތުން ލިބިފައިވެއެވެ.

ޖޯޓަން މެރިން ކޯޓިންގްސްއަކީ އަލަށް ބަންނަ އަދި މަރާމާތު ކުރާ އޮޑި ދޯނި ފަހަރަށް ހާއްސަ އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ ގިނަ ގައުމުތަކުގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް