Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 15:40
ގދ ވާދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން
ގދ ވާދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން
ރާއްޖެއެމްވީ
ގދ ވާދޫ
ފުލުހުންނާއި ގދ. ވާދޫ ރައްޔިތުން ގުޅިގެން އިޖުތިމާއީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި
މި ހަރަކާތްތައް ފަށާފައިވަނީ ޖުލައި މަހުގެ 25 ގައި
އާދިއްތަ ދުވަހުވެސް ބައެއް ހަރަކާތްތައް ރޭވިފައިވޭ
ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައިވޭ

ފުލުހުންނާއި ގދ ވާދޫ ރައްޔިތުން ގުޅިގެން އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ހަރަކާތްތަކުގައި އިސްކޮށް އުޅުނު ފަރާތަކުން ބުނީ، ސުކޫލު ކުދިންނާއި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތްތައް ފަށާފައިވަނީ ޖުލައި މަހުގެ 25 ވީ ބުރާސްފަތި ދުވަހު ކަމަށާއި، އާދިއްތަ ދުވަހުވެސް ބައެއް ހަރަކާތްތައް ރޭވިފައިވާ ކަމަށެވެ.

Advertisement

އެގޮތުން ސުކޫލު ކުދިންނަށް ޚާއްސަކޮށްގެން ފުލުހުންގެ ތަމްރީނުތައް ދަސްކޮށްދިނުމަށް ކޭމްޕް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، އޭގެ އިތުރުން، ދީނީ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޒުވާނުންނަށް ޚާއްސަކޮށްގެން ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާއިރު، ރަށުތެރެ ސާފު ކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ގދ ވާދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ތެރެއިން

އޭނާ އިތުރަށް ވިދާޅުވީ، ޒުވާނުންނާއި ކުޑަކުދިންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ އިތުރުން މުސްކުޅިންނަށް ޚާއްސަކޮށްގެންވެސް ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން މުސްކުޅިންނަށް ޚާއްސަކޮށްގެން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމާއި، މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ވަނީ ރާވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް