Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 12:32
މޯލްޑިވްސް އިސްލާބިކް ބޭންކް
މޯލްޑިވްސް އިސްލާބިކް ބޭންކް
ރާއްޖެއެމްވީ
މޯލްޑިވްސް އިސްލާބިކް ބޭންކް
އިސްލާމިކް ބޭންކްގެ ހިއްސާ ގަތުުމުގެ ފުރުސަތު ހުޅުވާލައިފި
އެމްއައިބީގެ ހިއްސާ ގަތުމުގެ އެންމެ ފަހު ތާރީހަކީ 18 ސެޕްޓެމްބަރު
އެމްއައިބީގެ ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 35 ރުފިޔާއަށް

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އިންފިނިޓް ޕޯޓަލް މެދުވެރިކޮށް ހިއްސާ ގަތުމުގެ ފުރުސަތު 28 ޖުލައި އިން ފެށިގެން ހުޅުވާލައިފިއެވެ.

އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަޖިސްޓްރީ ކުރުމަށް ފަހު 244 މިލިއަން ރުފިޔާގެ ހިއްސާ އާންމުންނަށް ވިއްކުމަށް ވަނީ ހުށަހަޅާފައެވެ. މި ހިއްސާގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިސްލާމިކް ބެންކުގެ 4.5 މިލިއަން ހިއްސާ ( 157 މިލިއަން ރުފިޔާގެ ހިއްސާ)، އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ ގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އަދި ޖުމްލަ އާއްމު ހިއްސާގެ ގޮތުން 6،975،000 (ހަމިލިޔަން ނުވަލައްކަ ހަތްދިހަ ފަސް ހާސް) ހިއްސާއެވެ. މިއީ ބޭންކުގެ ޖުމްލަ ހިއްސާގެ 31 އިންސައްތައެވެ.

އެމްއައިބީގެ ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 35 ރުފިޔާއަށެވެ. ކޮންމެ ފަރާތަކަށް ވެސް އެންމެ ފުރަތަމަ ގަނެވޭނީ 700 ރުފިޔާގެ 20 ހިއްސާއެވެ. މިއަދަދު އިތުރުކުރަން ބޭނުންނަމަ 10 ހިއްސާގެ ރޭޓުން ބޭނުން އަދަދަކަށް އިތުރު ކުރެވޭނެއެވެ.

Advertisement

އެމްއައިބީގެ ހިއްސާ ވިއްކުން އެކަށައަޅާ، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެންޑީބީއައިބީގެ ބައިނަލް އަގްވާމީ މާލީ ތަޖުރިބާކާރުންގެ އެހީއާއެކު ޝާހް ހުސައިން އެންޑް ކޯގެ ގާނޫނީ ލަފާގެ މަތިން، އޮޑިޓް ފަރމެއްގެ ހައިސިއްޔަތުން ކޭޕީއެމްޖީ އިންނެވެ.

އިންފިނިޓް ޕޯޓަލްގެ އިތުރުން އެމްއައިބީގެ ގޮފިތަކުން، ބީއެމްއެލް އޮންލައިން ބޭންކިން، ދިރާގު ޕޭ އަދި އުރީދޫ އެމް ފައިސާ މެދުވެރިކޮށް ހިއްސާގަނެވޭނެއެވެ.

އެމްއައިބީގެ ހިއްސާ ގަތުމުގެ އެންމެ ފަހު ތާރީހަކީ 18 ސެޕްޓެމްބަރު 2019އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް