Advertisement
ކ. މާލެ
|
28 ޖުލައި 2019 | އާދީއްތަ 08:45
ފާއިތުވި ހަފްތާގެ އެކްސިޑެންޓް ތަކުގައި 15 މީހަކަށް ވަނީ އަނިޔާވެފަ
ފާއިތުވި ހަފްތާގެ އެކްސިޑެންޓް ތަކުގައި 15 މީހަކަށް ވަނީ އަނިޔާވެފަ
ގޫގުލް
މޯލްޑިވްސް ޕޮލިސް ސަރވިސް
ފާއިތުވި ހަފްތާގައި އެކަނިވެސް 50 އެކްސިޑެންޓް
ފާއިތުވި ހަފްތާގައި ލައިސަންސް ނެތި 109 މީހުންވަނީ އުޅަނދު ދުއްވާފަ
ފާއިތުވި ހަފްތާގައި ޖުމްލަ 220 އުޅަނދު ފުލުހުންވަނީ ފާސްކޮށްފަ

ފާއިތުވި ހަފްތާގައި އެކަނި ވެސް 50 އެކްސިޑެންޓް މާލެ ސަރަހައްދުގައި ހިނގާފައިވާ ކަމަށް ފުލުހުންގެ ޓްރެފިކް ޑިޕަރޓްމެންޓްގެ ތަފާސްހިސާބްތަކުން ދައްކައިފިއެވެ.

ޓްރެފިކް ފުލުހުންގެ ތަފާސްހިސާބްތައް ދައްކާގޮތުން މި އެކްސިޑެންޓް ތަކުގައި 15 މީހަކަށް އަނިޔާވެފައިވާއިރު ފަސް މީހެއްގެ ލައިސަންސް ފުލުހުން ވަނީ ހިފަހައްޓާފައެވެ.

Advertisement

ފާއިތުވި ހަފްތާގައި ލައިސަންސް ނެތި އުޅަނދު ދުއްވި 109 މީހުންނާއި ލައިސަންސް އޮތް ނަމަވެސް ލައިސަންސް ނުލާ އުޅަނދު ދުއްވި 66 މީހުން ފުލުހުން ހުއްޓުވާފަވާ ކަމަށް ތަފާސްހިސާބްތަކުން ދައްކައެވެ. އަދި މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު ދުއްވުމުގެ ސަބަބުން އަށް މީހެއްގެ ލައިސަންސް ވަނީ ހިފަހައްޓާފައެވެ.

ދުއްވަން ކަނޑައަޅާފާވާ މިންވަރަށް ވުރެ ބާރަށް ދުއްވުމުގެ ސަބަބުން 55 މީހުން ފުލުހުން ހިފަހައްޓާފައި ވާއިރު ޓްރެފިކް ނިޝާންތަކަށް ނުބަލާދުއްވުމުގެ ސަބަބުން 13 މީހުން އަދި 18 އަހަރު ނުވާ ދެ ކުދިން ފާއިތުވި ހަފްތާގެ ތެރޭގައި ވަނީ ހުއްޓުވާފައެވެ. އުޅަނދުގެ އަހަރީ ފީ ނުދައްކާ 29 އުޅަދާއި އިންޝޫރަންސް ނުދައްކާ 41 އުޅަދެއް ފުލުހުން ވަނީ ހުއްޓުވާފައެވެ.

މީގެ އިތުރުން ޓްރެފިކް ގަވާއިދު ތަކާ ހިލާފަށް ފޯނުގައި އިނދެގެން ނުވަތަ ހެޑްސެޓް ޖަހައިގެން އުޅަދު ދުއްވި 45 މީހުނަށް އަދި ދުންފަތުގެ އިސްތިއުމާލް ކުރަމުން އުޅަނދު ދުއްވި 03 މީހަކު ހިފަހައްޓާ ފުލުހުން ވަނީ ނަސޭހަތްދީފައެވެ. އޯވަރޓޭކް ކުރި 17 ފަރާތް ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

ފާއިތުވި ހަފްތާގައި ޖުމްލަ 220 އުޅަނދު ފުލުހުންވަނީ ފާސްކޮށްފައިވާއިރު 256 އުޅަދެއްގައިވަނީ ގަވައިދާ ހިލާފަށް ޕާކް ކުރުމުގެ ސަބަބުން ސްޓިކާރ ޖަހާފައެވެ. އަދި 43 އުޅަނދު ވަނީ ޓޯ ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް