ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 22:22
ބީއެމްއެލް
ބީއެމްއެލް
މޯލްޑިވްސް އިންޑިޕެންޑެންޓް
ބިއެމްއެލް
ބީއެމްއެލްގެ ފުރަތަމަ ހަ މަސް ދުވަހުގެ ފައިދާ 724 މިލިއަނަށް
 
ދޫކޮށްފައިވާ ލޯނުތަކަށް ލިބުނު ކުރިއެރުމާއެކު މިއީ އުއްމީދު ކުރިވަރަށް ވުރެ ބޮޑު ކުރިއެރުމެއް

2019 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސްއަށް ޓެކްސް ކެނޑުމުގެ ކުރިން 724 މިލިއަން ރުފިޔާގެ ފައިދާ އެއް ލިބިފައިވާ ކަމަށް ބޭންކް އިން ބުނެފިއެވެ.

ޤައުމީ ބޭންކްގެ ގޮތުގައި ހިންގަމުންގެންދާ ބީއެމްއެލުން ބުނީ، ހިންގުމުގެ ހަރަދު އިތުރުވިނަމަވެސް ވިޔަފާރީގެ ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުންތަކާއި ދޫކޮށްފައިވާ ލޯނުތަކަށް ލިބުނު ކުރިއެރުމާއެކު ލިބިފައިވާ 724 މިލިއަންގެ ފައިދާއަކީ އުއްމީދު ކުރިވަރަށް ވުރެ ބޮޑު ކުރިއެރުމެއްކަމަށެޗެ.

ބީއެމްއެލްއިން ދޫކުރާ ލޯނުތަކުން ކުރިއެރުން ލިބިފައިވާއިރު ބޭންކުގެ މި އަހަރުގެ ހަމަސް ދުވަހުގެ ތެރޭގައި ތައުލީމާއި ކުޅިވަރާއި ތިމާވެއްށީގެ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ ތަކާއެކު ތަފާތު 50 މަޝްރޫއުތަކެއް ހިންގާފައިވާކަމަށް ބޭންކުން ބުންޏެވެ. އަދި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމަކާއި ބޭންކުގެ ނެޓްވަރކް ފުޅާކުރުމުގެ ގޮތުން، ފުރަތަމަ ބިސްނަސް ސެންޓަރ ވަނީ އައްޑޫ ސިޓީގައި ހުޅުވާފައެވެ.

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ބީއެމްއެލްގެ ހިދުމަތް ފުޅާކޮށް، ގިނަ ސެލްފް ސަރވިސް ބޭންކިން ސެންޓަރުތަކެއްވެސް ހުޅުވާފައިވެއެވެ. އަދި އިންޓަނެޓް ބޭންކިގގެ ވިއުގަ ފުޅާކޮށް، ގިނަ ހިދުމަތްތަކެއްގެ ފެންވަރު ރަނގަޅުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް