ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 18:37
ރެފްކޫލް އިލެކްޓްރޯނިކްސް، ފަރިދީ މަގު
ރެފްކޫލް އިލެކްޓްރޯނިކްސް، ފަރިދީ މަގު
އުމްނާ އިސްމާއިލް
ރެފްކޫލް ޕްރޮމޯޝަން
"ރެފްކޫލް ރަމަޟާން ލަކީ ޑްރޯ"ގެ ނަސީބުވެރިން ހޮވައިފި
 
ތިން ނަސީބުވެރިން ވަނީ ހޮވާފަ

"ރެފްކޫލް ރަމަޟާން ލަކީ ޑްރޯ 2019"ގެ ތިން ނަސީބުވެރިން ހޮވައިފިއެވެ.

ނަސީބުވެރިން ހޮވާފައިވަނީ ރެފްކޫލް އިލެކްޓްރޯނިކްސް ފިހާރައިގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފުރަތަމަ ނަސީބު ވެރިޔާއަށް 65 އިންޗީގެ ހައިސެންސް ސްމާޓް ޓީވީއެއް ލިބިފައިވާއިރު ދެވަނަ ނަސީބުވެރިޔާއަށް ޓެކްނޯ ބްރޭންޑްގެ ދޮންނަ މެޝިނެއް ވަނީ ލިބިފައެވެ. މީގެއިތުރުން ތިންވަނަ ފަރާތަށް ވަނީ އިލެކްޓްރިކް އަވަނެއް ލިބިފައެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ރެފްކޫލްގެ މާކެޓިންގ މެނޭޖަރ އަލީ ޖިނާހް މުހައްމަދު ވިދާޅުވީ ކޮންމެ އަހަރެއްގެ ރޯދަމަހާއި ދިމާކޮށް ލަކީޑްރޯ އެއް ބާއްވަމުންދާ ކަމަށެވެ. އަދި ދެން އޮންނަ ލަކީޑްރޯ ކުރިއަށްގެންދާނީ މިއަށް ވުރެ ބޮޑެތި އިނާމުތަކާއެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރެފްކޫލްގެ ހުރިހާ އައުޓްލެޓްތަކަކަށް ހުޅުވާލެވިގެން ދިޔަ ޕްރޮމޯޝަނަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާކަމަށް ރެފްކޫލް އިން ބުންނެއެވެ.

މި ލަކީ ޑްރޯގައި ރެފްކޫލްގެ ކޮންމެ ފިހާރައަކުން 500 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ ފަރާތަކަށް ބައިވެރިވުގެ ފުރުސަތު ލިބިގެންދިޔަ އެވެ.

ރެފްކޫލްގެ އެކި ފިހާރަތަކުން މާލޭގައި އާއި ހުޅުމާލޭގައި ޚިދުމަތްދެމުންދެއެވެ. އެގޮތުން ރެފްކޫލް އިލެކްޓްރޯނިކްސް، ކޫލް ރައިޑް، ލެޓްސް ކޫލް، އަދި ލެޓްސް ކޫލް ހުޅުމާލެ ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް