Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 13:59
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު
ރައީސް އޮފީސް
ނަފްސާނީ ދުޅަހެއުކަން
މެންޓަލް ހެލްތު ގެޕް ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތު ފަސްޓްލޭޑީ ޝަރަފުވެރިކޮށްދެއްވައިފި
ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވަންޖެހޭ ކަމަށް ވިދާޅުވި
ނަފްސާނީ ބައްޔާމެދު މުޖްތަމައުގެ މީހުން ދެކޭ ގޮތް ބަދަލުވޭ
އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ

މެންޓަލް ހެލްތް އެވެއަރނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ "މެންޓަލް ހެލްތު ގެޕް ޓްރެއިނިންގ" ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބުރާސްފަތި ދުވަހު އައި.ޖީ.އެމް.އެޗްގެ އޯކިޑް ކޮންފަރެންސް ހޯލްގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވާ އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ މީހުންނަށް އަޅާލަންޖެހޭ ކަމަށެވެ.

އަދި އެފަދަ އެމީހުންގެ އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމަށް މަސައްކަތް ކުރާމީހުން އިތުރުވަމުންދާ ކަމަށާއި، މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން ނަފްސާނީ ބައްޔާމެދު މުޖްތަމައުގެ މީހުން ދެކޭ ގޮތް ބަދަލުވެ، ލިބެންޖެހޭ ބޭސްފަރުވާގެ ހިދުމަތްވެސް އަވަސްވެގެންދާ ކަމަށް އެކަމަނާ ވަނީ ފާހަގަ ކުރައްވާފައެވެ.

Advertisement

އޭގެ އިތުރުން، ނަފުސާނީ ބަލި ހުންނަ މީހުންނަށް ވީ އެންމެ ރަނގަޅަކަށް ފަރުވާ ދިނުމަށާއި، ފަރުވާ ދިނުމާއި ބަލި ދެނެގަތުމުގައި އަމަލު ކުރަންޖެހޭ ހަރުދަނާ އުސޫލުތަކުގެ މައްޗަށް ވެސް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެކަމަނާ ވިދާޅުވީ، ނަފުސާނީ ބަލިތަކާ ގުޅޭގޮތުން ވާހަކަދައްކާއިރު، ބަލިމީހާއަކީ ކާކުކަން ނޭނގޭނެ ގޮތަކަށް ބަލިމީހާގެ ވާހަކަ ދެއްކެވުމަށް ސަމާލުކަންދޭން ޖެހޭ ކަމަށާއި، މީހަކަށް ދޭ ފަރުވާ މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް ހުންނާނެ ކަމަށެވެ.

އެކަމަނާ އެހެން ވިދާޅުވެފައިވާއިރު، ނެޝަނަލް މެންޓަލް ހެލްތު ސެންޓަރެއް އުފައްދައި، ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ ފުޅާކޮށް، އެފަރުވާ އާސަންދައިގެ ދަށުން ކަވަރުކުރެވޭނެ ގޮތް މި ސަރުކާރުން ވަނީ ހަމަޖައްސަވާދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް