Advertisement
ކ. މާލެ
|
25 ޖުލައި 2019 | ބުރާސްފަތި 08:17
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް
ރައީސް އޮފީސް
ނައިބު ރައީސް
ރައްޔިތުންނަށް ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ އަމިއްލަ ފަރާތްތަކުން ސަރުކާރާއެކު މަސައްކަތްކޮށްގެން: ނައިބު ރައީސް
ސަރުކާރުން ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ

ރައްޔިތުންނަށް ފުރިހަމަ ޚިދުމަތްތަކެއް ފޯރުކޮށްދެވޭނީ އެޤައުމެއްގެ އަމިއްލަ ފަރާތްތަކުން ސަރުކާރާއި ގުޅިގެން މަސައްކަތް ކޮށްގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ޤާއިމުކުރި ޑޮކްޓަރ ޑީޑީ ޑެންޓަލް އެންޑް މެޑިކަލް ސެންޓަރ ހުޅުއްވައިދެއްވުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޑރ. ޑީޑީއަކީ ޞިއްޙީ ދާއިރާއިން ރާއްޖޭގައި ވަރަށް ގިނަ ގުނަ ޚިދުމަތްތަކެއް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނު ވިދާޅުވީ ޚިދުމަތް ފޯރުކޮށްދޭ ޢިމާރާތް ކިތަންމެ ކުޑަ ނަމަވެސް ތަނުންދޭ ޚިދުމަތް ރަނގަޅުނަމަ، އެތަނަކީ ފެންވަރު ރަނގަޅު ތަނެއްގެ ގޮތުގައި ރައްޔިތުން ބަލައިގަންނާނެ ކަމުގައެވެ.

Advertisement

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޞިއްޙީ ޚިދުމަތަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެންމެ މުހިންމު އެއް ޚިދުމަތްކަން ފާހަގަކުރައްވައި، ސަރުކާރުން ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް