Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 16:09
ހަޔަރ އެޑިއުކޭޝަން ވަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގިނަ ދަރިވަރުންގެ ރިފަންޑްގެ ކަންތައްތައްނިމިގެންދާނެ ކަމަށް ވިދާޅުވެފަ.
ހަޔަރ އެޑިއުކޭޝަން ވަނީ ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ގިނަ ދަރިވަރުންގެ ރިފަންޑްގެ ކަންތައްތައްނިމިގެންދާނެ ކަމަށް ވިދާޅުވެފަ.
ޝުއައިބް މުހައްމަދު އިގްބާލް
ހަޔރ އެޑިއުކޭޝަން މިނިސްޓްރީ
ފޯމް ތަރުތީބުން ރިފަންޑް ލިބިގެންދާނެ: ހަޔަރ އެޑިއުކޭޝަން
ގިނަ ދަރިވަރުންގެ ރިފަންޑްގެ ކަންތައްތައް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިމިގެންދާނެ
ރިފަންޑަށް އެދިފައިވާ ކުދިންގެ ސީދާ އަދަދު ދަންނަވަން މިވަގު ނޭނގޭ
ރިފަންޑަށް އެދި އޮންލައިންކޮށް ހުށައެޅުމުގެ ފުރުސަތު ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލެވިފަ

ދިވެހި ސަރުކާރުގެ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުސަތުގެ ދަށުން މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެެރެއިން ރިފަންޑަށް އެދިފައިވާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންގެ ރިފަންޑްގެ ކަންތައްތައް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިމިގެންދާނެ ކަމަށް ހަޔަރ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ، އައިޝަތު ޝަފީނާ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޑެޕިއުޓީ މިނިސްޓަރ ޝަފީނާ ވިދާޅުވީ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެފުމުގެ ފުރުސަތު ދީފައިވާ 3810 ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިން އަމިއްލަ އަށް ފައިސާދެއްކުމަށް ފަހު ރިފަންޑަށް އެދިފައިވާ ކަމަށެވެ. އެކަމަނާ ވިދާޅުވީ ރިފަންޑަށް އެދިފައިވާ ކުދިންގެ ސީދާ އަދަދު ދަންނަވަން މިވަގު ނޭނގޭ ކަމުގައެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ރިފަންޑަށް އެދި އޮންލައިންކޮށް ހުށައެޅުމުގެ ފުރުސަތު ޖޫން މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހުޅުވާލެވިފައިވާ ކަމަށެވެ. ރިފަންޑަށް އެދި ހުށައަޅާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަވާ ދަރިވަރުން ފާހަގަކޮށް ފޯމް ހުށައަޅާ ތަރުތީބުން ފޯމްތައް ޕްރޮސެސްކުރަމުން ދާކަމަށް ޑެޕިއުޓީ މިނިސްޓަރ ޝަފީނާ ވިދާޅުވިއެވެ.

Advertisement

ޑެޕިއުޓީ މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ ރިފަންޑްގެ ޕްރޮސެސް ލަސްވާކަމަށް ބުނެ ދަރިވަރުންގެ ޝަކުވާ ގިނަވެފައިވަނިކޮށެވެ.

ފުރަތަމަ ޑިގްރީއާ ހަމައަށް ރާއްޖޭގައި ހުރެގެން ހިލޭ ކިޔެވުމުގެ ފުރުސަތު ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދެކެވެ. 2019 ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓްގައި ރާއްޖޭގައި ޑިގްރީއަށް ކިޔަވާ ދަރިވަރުންނަށް ޓިއުޝަން ފީ ދިނުމަށް 100 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް