Advertisement
ކ. މާލެ
|
24 ޖުލައި 2019 | ބުދަ 11:43
ސްޓެލްކޯ- ކ.މާލެ
ސްޓެލްކޯ- ކ.މާލެ
ސްޓެލްކޯ
ކަރަންޓު ކެނޑުން
ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ
މާލެ އިން ކަރަންޓު ކެނޑުމަކީ އާއްމު ކަމެއް
ކަރަންޓު ކެނޑެެނީ އިންޖީނަކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާ ގުޅިގެން
މައްސަލަ ހައްލުވާނެ އިރެއް ސްޓެލްކޯއިން ބުނެފައެއް ނުވޭ

އިންޖީނަކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ބުދަ ދުވަހު ސްޓެލްކޯއިން ބުނީ، ސްޓެލްކޯއިން މާލެއަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ 8.9 މެގަވޮޓްގެ އިންޖީނަކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

Advertisement

ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށެވެ.

މާލޭގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފައިވާއިރު، އެ މައްސަލަ ހައްލުވާނެ އިރެއް ސްޓެލްކޯއިން ބުނެފައެއް ނުވެއެވެ.

ދޮޅު ލައްކަ އަށްވުރެ ގިނަ މީހުން ދިރިއުޅޭ މާލެ އިން ކަރަންޓު ކެނޑުމަކީ އާއްމު ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް