Advertisement
ކ. މާލެ
|
23 ޖުލައި 2019 | އަންގާރަ 18:11
ހުޅުމާލެ
ހުޅުމާލެ
ރާއްޖެއެމްވީ
މާލޭ ސިޓީ ކައުންސިލް
ހުޅުމާލޭގެ ރައްޔިތުންނާއި މާދަމާ މި ބައްދަލުކުރެވެނީ ހަތް އަހަރު ފަހުން: ޝިފާ
ބައްދަލުވުން ބާއްވަނީ ޖުލައި 24 ވަނަ ދުވަހުގެރޭ ރެހެންދި ސްކޫލް ހޯލްގައި

ހުޅުމާލޭގެ ރައްޔިތުންނާއި ބުދަ ދުވަހުގެ ރޭ، ބައްދަލު ކުރެވެނީ ހަތް އަހަރުން ކުރި މަސައްކަތުން ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝިފާ ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލު ކުރުމަށް ފާއިތުވެދިޔަ ހަތް އަހަރު ވަރަށް މަސައްކަތް ކުރެވުނު ކަމަށާއި އެކި މުއައްސަސާތަކަށް ލިޔުމުން އެކަން ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް ފާއިތުވެދިޔަ ތާނގައި އެ ފުރުސަތު ތަނަވަސް ކޮށްދީފައިނުވާ ކަމަށް ވެސް ޝިފާ ވިދާޅުވިއެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހުގެ ރޭ 20:45 ގައި ރެހެންދި ސްކޫލް ހޯލްގައި ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރާއިރު އެޗްޑީސީ އާއި ޕްލޭނިންގ މިނިސްޓްރީން ވެސް ބައިވެރިވާނެ ކަމަށް ޝިފާ ވިދާޅުވިއެވެ.

Advertisement

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ފާއިތުވެދިޔަ ހަފްތާގައި ވަނީ ވިލިމާލޭގެ ރައްޔިތުންނާއި ބައްދަލު ކޮށްފައެވެ. އެ ބައްދަލުވުމުގައި އެ ރައްޔިތުންގެ މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވަނީ ވިލިމާލޭގައި މަސައްކަތް ކުރުމުގެ ޖާގަ ނެތުމާއި ބީޗްގެ މައްސަލަތައް ކަމަށް ޝިފާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމަށް ހުޅުމާލޭގެ ވީހާ ވެސް ގިނަ ރައްޔިތުން އައުމަށް މާލެ ސިޓީ ކައުންސިލުން އެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް