ކ. މާލެ
|
6 މާރޗް 2017 | ހޯމަ 05:16
އިންޑިއާގެ މުސްލިމުންގެ ވެރިޔާ
އިންޑިއާގެ މުސްލިމުންގެ ވެރިޔާ
ގޫގުލް
އިންޑިއާ
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
އެނާ ވަނީ ޤާނޫން ހަދާ މަޖިލީހުގައިވެސް އުޅުއްވާފައި

އިންޑިއާގެ މަޝްހޫރު ޕޮލިޓީޝަނެއް ކަމުގައިވާ އަދި މުސްލިމުންގެ ވެރިޔާ ސައްޔިދު ޝަހަބުއްދީން އަވަހާރަ ވެއްޖެ އެވެ.

އުމުރުން 82 އަހަރުފުޅުގައި ސައްޔިދު އަވަހާރަވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށްފަހު، ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

ސައްޔިދު ވަނީން 1979 ން 1996 އަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވައިފައެވެ.

އޭނާ ބައިނަލްއަގުވާމީ ދުނިޔޭގައި މަޝްހޫރުވެފައި ވަނީ، މުސްލިމުންނަށް ފުރައްސާރަކޮށް ސަލްމާން ރުޝްދީ ލިޔެފައިވާ ފޮތް ދަ ސަޓެނިކް ވާސަސް އިންޑިއާގައި ވިއްކުމާއި ގެންގުޅުން މަނާކޮށް ހިންގި ކެމްޕޭނުންނެވެ.

ދަ ސަޓެނިކް ވާސަސް ގައި ރަސޫލާއާއި އިސްލާމްދީނުގައި ކަން ހިނގާފައިވާ ގޮތް އޮޅުވާލުމަށް ގިނަ ވާހަކަތަކެއް ގެނެސްފައިވާކަން ސައްޔިދު ފާހަގަކުރި އެވެ. ފޮތެއް ގައުމަށް އެތެރެކުރުން މަނާކުރި އެއީ ފުރަތަމަ ފަހަރެވެ.

އޭނާގެ މަސައްކަތުން 1988 ވަނަ އަހަރުން ފެށިގެން މިއަދާ ޖެހެންދެންވެސް އެ ފޮތް ވަނީ އިންޑިއާއަށް އެތެރެކުރުން މަނާކޮށްފައެވެ.

 

- ކޮމެންޓް