Advertisement
ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 09:05
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް
ހައްވާ މުހައްމަދު
ހެލްތް މިނިސްޓްރީ
ހިތަދޫ އާއި ކުޅުދުއްފުށީ ހޮސްޕިޓަލަށް ޑިރެކްޓަރުން ހޯދަން އިއުލާން ކޮށްފި
މަގާމްތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުމުގެ ސުންގަޑިއަކީ 28 ޖުލައި 2019 ވަނަ ދުވަހުގެ 13:30
މަގާމްތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހޭނީ މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ނުވަތަ މަސައްކަތް ކުރުމަށް ބޭނުންވާ ހޮސްޕިޓަލަކަށް

ސިއްހީ ނިޒާމް އިތުރަށް ހަރުދަނާކޮށް ފުޅާ ކުރުމުގެ ގޮތުން ސ. ހިތަދޫ އަދި ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޑިރެކްޓަރުންގެ މަގާމުތަކަށް މީހުން ހޯދަން އިއުލާންކޮށްފިއެވެ.

ހިތަދޫ ހޮސްޕިޓަލް އިން ހުޅުވާލާފައިވާ މަގާމު ތަކަކީ ކޯޕަރޭޓް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމު، ފެސިލިޓޭޓިވް ސަރވިސަސްގެ އެސިސްޓެން ޑިރެކްޓަރގެ މަގާމު، ޕްރޮކިއުމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހިއުމަން ރިސޯސް އަދި ބަޖެޓް އެންޑް ފައިނޭންސްގެ ޑިރެކްޓަރގެ މަގާމުގެ އިތުރުން ހޮސްޕިޓަލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލުން ހުޅުވާލާފައިވާ މަގާމު ތަކަކީ ކޯޕަރޭޓް ސަރވިސަސްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމު، ފެސިލިޓޭޓިވް ސަރވިސް ގެ އެސިސްޓެން ޑިރެކްޓަރ ގެ މަގާމު އަދި އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރގެ މަގާމެވެ.

Advertisement

މަގާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 28 ޖުލައި 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ނުވަތަ މަސައްކަތް ކުރުމަށް ބޭނުންވާ ހޮސްޕިޓަލަކަށެވެ.

މިއީ އަތޮޅު ތެރޭގައި ދެވޭ ސިއްހީ ފަރުވާ އަކީ އެކަށީގެންވާ ރަނގަޅު ފަރުވާކަން ޔަގީންކުރުމަށްޓަކައި ރީޖަނަލް ހޮސްޕިޓަލް ތަކަކީ ފެންވަރު ރަނގަޅު ހޮސްޕިޓަލް ތަކަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން ހުޅުވާލި ފުރުސަތެއް ކަމަށް ހެލްތް މިނިސްޓްރީއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް