Advertisement
ކ. މާލެ
|
19 ޖުލައި 2019 | ހުކުރު 07:16
ފިލްމީ ފަންނާނުންގެ ފޯރަމްގެ ތެރެއިން
ފިލްމީ ފަންނާނުންގެ ފޯރަމްގެ ތެރެއިން
ނެޝެނަލް ސެންޓަރ ފޮ ދި އާޓްސް
އޮލިމްޕަހުން ފަރިތަކުރާނެ ކޮޓަރި ދޫކުރުން
މިއުޒިކާއި ނެށުން ފަރިތަކުރާނެ ޖާގަ އޮލިމްޕަހުން ދޫކުރުމަށް ނިންމައިފި
އޮލިމްޕަހުން ޖާގަ ދޫކުރުމަށް ނިންމާފައިވަނީ ދިވެހި ފަންނުވެރިންނަށް ފަރިތަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި
ނެށުންތެރިންނާއި މިއުޒިކް ގްރޫޕްތަކާއި ސޯލޯ މިއުޒިޝަނުންނަށް އޮލިމްޕަހުގައި ފަރިތަކުރާނެ ކޮޓަރި ދޫކުރާނެ

މިއުޒިކާއި ނެށުން ފަރިތަކުރާނެ ޖާގަ އޮލިމްޕަހުން ދޫކުރުމަށް ނެޝެނަލް ސެންޓަރ ފޮ ދި އާޓްސް އިން ނިންމައިފިއެވެ.

ނެޝެނަލް ސެންޓަރ ފޮ ދި އާޓްސް އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ދިވެހި ފަންނުވެރިންނަށް ފަރިތަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި އެ ސެންޓަރުން ނެށުންތެރިންނާއި ސަޤާފީ، ޒަމާނީ މިއުޒިކް ގްރޫޕްތަކާއި ސޯލޯ މިއުޒިޝަނުންނަށް އޮލިމްޕަހުގައި ފަރިތަކުރާނެ ކޮޓަރި ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Advertisement

ފަރިތަކުރާނެ ކޮޓަރި ދޫކުރުމަށް ހަމަޖެހިފައިވަނީ ޖުލައި 22 ވަނަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި 13:30 އިން 16:00 އަދި 20:30 އިން 22:30 ގެ އިތުރުން ހޮނިހިރު ދުވަހުގެ 16:00 އިން 18:00 އަށް އަދި 20:30 އިން 22:30 ކަމަށް އެ ސެންޓަރުން ބުންޏެވެ. ފަރިތަކުރާނެ ކޮޓަރި ބޭނުންވާ ފަރާތްތަކުން އެ ސެންޓަރުގެ ފަންނުވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރުމަށްފަހު، ފަރިތަކުރާނެ ކޮޓަރި ހޯދުމަށް އެދޭ ފޯމް ހުށަހެޅުމަށް ނެޝެނަލް ސެންޓަރ ފޮ ދި އާޓްސް އިން ވަނީ އެދިފައެވެ.

ފޯމްތައް އެ ސެންޓަރުގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އެ ސެންޓަރުން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް