Advertisement
ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 17:52
ދިރާގުން ބޭއްވި ރޯޑް ރޭސްގެ ތެރެއިން
ދިރާގުން ބޭއްވި ރޯޑް ރޭސްގެ ތެރެއިން
ދިރާގު
ދިރާގު ރޯޑް ރޭސް
ދިރާގު ރޯޑް ރޭސް ސެޕްޓެމްބަރު މަހު
ރޯޑް ރޭސް މި އަހަރު ވެސް އޮންނާނީ ހުޅުމާލޭގައި

ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި ބައިނަލްއަޤްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދުވުމުގެ އިވެންޓްކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 20 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހު ބާއްވާނެ ކަމަށް ދިރާގުން ބުނެފިއެވެ.

މި އަހަރުގެ ރޭހުގެވެސް ޝިޔާރަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުވެ. 5 އަދި 10 ކިލޯމީޓަރުގެ ދެ ކެޓަގަރީއަކުން ދުވުމަށް ހަމަޖެހިފައިވާ ރޭސް މި އަހަރުވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.

ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އުޅޭ މަދަނީ އެކި ޖަމިއްޔާތަކާއި އެންޖީއޯތައް މިއިވެންޓުގައި ބައިވެރިވެ އިވެންޓުގައި ރަޖިސްޓްރީ ކުރުމަށް ވަނީ ޖުލައި 16 ވަނަ ދުވަހުން ފެށިގެން 20 ޖުލައި 2019 އާއި ހަމައަށް ހުޅުވާލާފައެވެ. އަދި ރަޖިސްޓްރީ ކުރާ ޖަމިއްޔާތައް ގައިޑްލައިނާ އެއްގޮތަށް ދިރާގު ރޯޑް ރޭހުގެ ވެބްސައިޓުގައި އިއުލާން ކުރެވޭނެއެވެ. އަދި ހުރިހާ ދުވުންތެރިން ވެސް ވެބްސައިޓްގައި އިއުލާން ކުރެވިފައިވާ ޖަމިއްޔާތަކުގެ ތެރެއިން އެމީހެއްގެ ދުވުން ހާއްސަކުރާނީ ކޮން ޖަމިޔާއަކަށް ކަން ކަނޑައަޅާނެއެވެ. މިގޮތުން އެންމެ ގިނަ ދުވުންތެރިން ހިޔާރުކުރާ 5 ޖަމިއްޔާއަކަށް ޖުމްލަ 200،000 ރުފިޔާ ދިރާގުން ހަދިޔާ ކުރާނެއެވެ.

Advertisement

ދުޅަހެޔޮކަމާއި ރަނގަޅު ސިއްހަތު އަދި އާއިލީ ގުޅުން ބަދަހި ކުރުމާއި ރަހްމަތްތެރިކަން އާލާވާ ގޮތަށް ދިރާގު ރޯޑް ރޭހަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އިވެންޓެކެވެ. ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެ ކެޓަގަރީ އަކަށް ވެސް ބައިވެރިވެވޭނެ އެންމެ ކުޑަ އުމުރު ފުރާތަށް ވަނީ ކަނޑައަޅާފައިއެވެ. އެގޮތުން 5 ކޮލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ސެޕްޓެމްބަރ 2019 އަށް 7 އަހަރު ފުރިފައިވާން ޖެހޭނެއެވެ. އަދި 10 ކިލޯމީޓަރުގެ ކެޓަގަރީގައި ބައިވެރިވުމަށް 1 ސެޕްޓެމްބަރ 2019 އަށް 16 އަހަރު ފުރިފައިވާން ޖެހޭނެއެވެ.

2007 ވަނަ އަހަރުގައި ދިރާގުން ތައާރަފު ކުރި ރޯޑް ރޭސް ޖެހިޖެހިގެން ބާއްވާ މިއީ 13 ވަނަ އަހަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް