Advertisement
ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 11:57
މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފައި
މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ވަނީ ލަފާކުރެވިފައި
މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސް
މޫސުން
ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފި
ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ
ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެ

ކުރިއަށް އޮތް 24 ގަޑިއިރަށް ރާއްޖޭގެ ކަންކޮޅުތަކުގައި ވައިގަދަވެ ކަނޑުގަދަވެދާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

އަންގާރަ ދުވަހު މޫސުމާބެހޭ އިދާރާއިން ބުނީ، ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކޮށްފާނެތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އޭގެ އިތުރުން، ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

Advertisement

މޫސުމާބެހޭ އިދާރާއިން އެހެން ބުނެފައިވާއިރު، މި ދުވަސްވަރަކީ މޫސުން ގޯސްވެ އޮއިގަދަ ދުވަސްވަރެއް ކަމުން މޫދަށް އެރި ނޫޅުމަށާއި، ރައްކާތެރި ވުމަށް ފުލުހުން ވެސް އެދިފައިވެއެވެ.

އެގޮތުން ފުލުހުން ބުނީ، ހދ މަކުނުދޫ އިން ވެސް ރާޅާ އަޅަން ގޮސް އުޅުނު 2 މީހަކު މާކަނޑަށް އޮޔާ ދަނިކޮށް ފުލުހުންނާއި އާންމުން ގުޅިގެން ޑިންގީއެއްގައި ގޮސް އެ ދެމީހުން ސަލާމަތް ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށަށް އުދަ އަރަމުންދާ ކަމުގެ ރިޕޯރޓްތައް ކުރެވެމުންދާއިރު، ހޯމަ ދުވަހު ވެސް ތ.ތިމަރަފުއްޓަށް އުދަ އަރައި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް