Advertisement
ކ. މާލެ
|
16 ޖުލައި 2019 | އަންގާރަ 11:10
ބ ތުޅާދޫ ސުކޫލު ދަރިވަރުންތަކެއް
ބ ތުޅާދޫ ސުކޫލު ދަރިވަރުންތަކެއް
އޭސީސީ
ތުޅާދޫ ސުކޫލް
ތުޅާދޫ ދަރިވަރުންތަކަކަށް ކައުންސެލިންގ ދޭން ފަށައިފި
ހޭނެތެނީ ރޫހާނީ ކަމެއްގެ ސަބަބުން ކަަމަށް އަޑުފެތުރިފައިވޭ
އެކަން މިހާރު ދިމާވަނީ 3 ކުދިންނަށް
ސުކޫލުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ އެއްބާރުލުންވެސް ލިބޭ

ބ. ތުޅާދޫ ސްކޫލުގެ ދަރިވަރުން ހޭނެތޭ ކަމަށް ބުނާ މައްސަލާގައި އެކަން ދިމާވާ ދަރިވަރުންނަށް ކައުންސެލިންގ ދޭން ފަށާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާރމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވެއްޖެއެވެ.

ތުޅާދޫ ސުކޫލު ކުދިން ހޭނެތެނީ ރޫހާނީ ކަމެއްގެ ސަބަބުން ކަަމަށް އަޑުފެތުރިފައި ވަނިކޮށް އެކަން ބެލުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޓީމެއް ހޮނިހިރު ދުވަހު ތުޅާދޫއަށް ގޮސްފައިވާއިރު، އެކަމާ ގުޅޭގޮތުން އަހުމަދު ވިދާޅުވީ، އެކަން މިހާރު ދިމާވަނީ 3 ކުދިންނަށް ކަމަށާއި، ތަޖުރިބާކާރު ކައުންސިލަރުންގެ އެހީގައި އެކުދިންނަށް ކައުންސެލިންގ ދޭން ފަށާފައިވާ ކަމަށެވެ.

Advertisement

އެގޮތުން މައްސަލަ ހައްލުވަންދެން އެޑިއުކޭޝަންގެ ތަޖުރިބާކާރު ޓީމަކުން ކައުންސެލިންގ ދޭނެ އިންތިޒާމް ހަަމަޖައްސާފައިވާ ކަމަށާއި، އެކަމުގައި ސުކޫލުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ އެއްބާރުލުންވެސް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކުދިން މިހާރު ސުކޫލަށް ނުފޮނުވާ ކަމަށާއި، ނަމަވެސް ސުކޫލުގެ ކިޔެވުން ކުރިއަށްދާ ކަމަށްވެސް އަހުމަދު ވަނީ ވިދާޅުވެފައެވެ.

ތުޅާދޫ ސުކޫލު ކުދިން ހޭނެތޭ މައްސަލަ ބޮޑުވެފައިވާއިރު، އެފަދަ ކުދިންގެ އަމަލުތައް ވެސް ހުންނަނީ ޖިންނި މޮޔަވާ މީހުންގެ އަމަލުތައް ހުންނަ ގޮތަށް ކަމަށާއި އެއީ ސުކޫލު ތެރެއިން ދިމާވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ބެލެނިވެރިންނާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް