Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 18:33
ސީޝެލްސްގެ ރައީސްގެ ހާއްސަ މަންދޫބެއް ރައީސް ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ސީޝެލްސްގެ ރައީސްގެ ހާއްސަ މަންދޫބެއް ރައީސް ސޯލިހްގެ އަރިހަށް ކުރެއްވި އިހްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
ސީޝެލްސްގެ ރައީސްގެ ހާއްސަ މަންދޫބު
ސީޝެލްސްގެ ރައީސްގެ ހާއްސަ މަންދޫބެއް ރައީސް ސޯލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ވަނީ މުޙައްމަދު އަފީފް ރާއްޖެ ވަޑައިގެންވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައި
ރާއްޖެ އާއި ސީޝެލްސްއާ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ޚާއްޞަ މަންދޫބު މުޙައްމަދު އަފީފް، އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މުޙައްމަދު އަފީފް ރާއްޖެ ވަޑައިގެންވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މަރުޙަބާ ވިދާޅުވެފައެވެ. އަދި ރާއްޖެ އާއި ސީޝެލްސްއާ ދެމެދުގައި އޮތް ދޭދޭ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ.

ސީޝެލްސްގެ ރައީސްގެ ޚާއްޞަ މަންދޫބު، އަފީފުގެ މިދަތުރުފުޅުގައި ސީޝެލްސްގެ ރައީސް ޑެނީ ފޯރގެ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އެރުވިއެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސީޝެލްސްގެ ރައީސަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ރައްދުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

Advertisement

ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖެއާ ސީޝެލްއަކީ ކުޑަ ޖަޒީރާ ދެ ޤައުމުކަމަށްވާތީ ދެޤައުމުގައި ހުރި ބައެއް ކަންކަމަކީ ވަރަށް އެއްގޮތް ކަންތައްތަކެއްކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން އެފަދަ ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަފީފުގެ ވާހަކަފުޅުގައި ރާއްޖޭގެ ލީޑަރޝިޕަށް މިހާރު އައިސްފައިވާ އެދެވޭ ބަދަލު ފާހަގަކުރައްވައި ރާއްޖޭގެ މިހާރުގެ ލީޑަރޝިޕާއެކު ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރަން ސީޝެލްސުން ބޭނުންވާކަން ހާމަކުރެއްވިއެވެ. އަދި ސީޝެލްސުން ކަނޑުގެ ނަފާ ހޯދުމުގައި އިސްކަންދެނީ ދެމެހެއްޓެނިވި އުސޫލުތަކަށް ކަންކަން ކުރުމުގެ މައްޗަށްކަމުގައި އަފީފު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިޤްތިޞާދީ މަސައްކަތްތަކާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކުގައި އިންޑިޔާ ކަނޑަށް ބަރޯސާވެފައިވާ މިންވަރު ފާހަގަކުރައްވައި އިންޑިޔާކަނޑުގައި ސަލާމަތާއި ހަމަޖެހުން ޤާއިމުވެފައި އޮތުމަށް އެދިވަޑައިގަންނަވާކަމުގައި ހާމަކުރެއްވިއެވެ. އަދި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ސީޝެލްސްގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް