Advertisement
ކ. މާލެ
|
15 ޖުލައި 2019 | ހޯމަ 18:12
ތ. ތިމަރަފުއްޓަށް އުދައަރާ މަގުމަތީގެ ފެން ހެދިފައި
ތ. ތިމަރަފުއްޓަށް އުދައަރާ މަގުމަތީގެ ފެން ހެދިފައި
ތ. ތިމަރަފުށި
ތިމަރަފުއްޓަށް އުދައަރާ ބޮޑެތި ގެއްލުންތަކެއް
މެންދުރު 12:50 ހާއިރުން ފެށިގެން ތިމަރަފުއްޓަށް އަންނަނީ އުދައަރަމުން
އުދައިގެ އަސަރު ރަށުގެ މީހުން އުޅޭ ސަރަހައްދުގެ 50 އިންސަތައަށް ކޮށްފައިވޭ

ތިމަރަފުއްޓަށް އުދައަރާ ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ތިމަރަފުށީ ކައުންސިލްގެ ރައީސް އިސްމާއިލް އިބްރާހިމް ވިދާޅުވީ ހޯމަ ދުވަހުގެ މެންދުރުން ފެށިގެން ރަށަށް އުދައަރަމުން އަންނަކަމަށެވެ. އަދި އުދައިގެ އަސަރު މީހުން ދިރިއުޅޭ ސަރަހައްދުގެ 50 އިންސައްތައަށްކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ބައެއް ގޭގެޔަށް އުދައިގެ ލޮނުގަނޑު ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ބައެއް އެއްޗެއްސަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އޭގެތެރެއިންވެސް އަތިރިމައްޗަށްވާގޮތަށް ހުރި ގެތަކަށް ބޮޑެތި ގެއްލުންތަކެއްވެފައިވެއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ ލިބުނު ގެއްލުންތަކުގެ ތަފްސީލްތައް އެއްކުރުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަކަމަށެވެ. އަދި މިވަގުތަށް ލިބުނު ގެއްލުމުގެ ތަފްސީލްތައް ނޭނގޭކަމަށް އޭނާ ވިދާޅުވި އެވެ.

ތިމަރަފުށީގެ އިތުރުންވެސް ތ. އަތޮޅުގެ ބައެއް ރަށަރަށް އުދައަރާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އެތޯރިޓީން ބުނީ އުދައެރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތައް އަދި ފުލުހުންނާއި ސިފައިންނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ބައެއް ރަށްރަށުގައި ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތްތައްކޮށްފައިވާކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މެދު ރާއްޖެތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ކުރިޔަށް އޮތް 24 ގަޑިއިރުގައިވެސް އުދައެރުން އެކަށީގެންވާކަމަށް ޤައުމީ މޫސުމާއިބެހޭ އިދާރާއިން ލަފާކުރެ އެވެ. އަދި ބައެއް ރަށަރަށް އުދައިގެ އަސަރުކުރާ މިންވަރު ބޮޑުވެދާނެތީވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މުސުމާއިބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތް:

(މިރޭ 08:00 އިން މާދަމާރޭގެ 08:00 އަށް)

ރާއްޖޭގެ އެކިހިސާބަށް ގުގުރާ ވިއްސާރަކުރާނެ އަދި އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވއެވެ.

ވައިޖެހޭނީ ދެކުނު އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެ އެވެ.

ކަނޑުތައް އާދައިގެވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ އެވެ.

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް