Advertisement
ކ. މާލެ
|
14 ޖުލައި 2019 | އާދީއްތަ 12:17
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ރާއްޖެ އެމްވީ
ފަޤީރުންގެ ދަފްތަރު
ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް އަލުން ހުޅުވާލައިފި
މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓަރީ ވެފައިވޭ
އަލުން ފޯމު ހުށައެޅުމުގެ ފުރުސަތު 01 އޯގަސްޓްގެ ނިޔަލަށް ހުޅުވާލާފައިވޭ
17 ޖުލައިގެ ނިޔަލަށް ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވޭ

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އަލުން ހުޅުވާލައިފިއެވެ.

މިނިސްޓްރީން އާދިއްތަ ދުވަހު ކުރި އިއުލާނެއްގައި ބުނީ، 1440 ވަނަ އަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން ހުޅުވާލުމުން އެކި ސަބަބުތަކާހުރެ ދަފްތަރުގައި ރަޖިސްޓްރީ ނުވެވުނު ފަރާތްތަކުގެ ޝަކުވާތައް ލިބެމުންދާތީ އެ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، 1440 ވަނަ އަހަރު އެކުލަވާލާފައިވާ ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

Advertisement

ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް އަލުން ފޯމު ހުށައެޅުމުގެ ފުރުސަތު 01 އޯގަސްޓް 2019 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، ފޯމު ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އޭގެ އިތުރުން، 15 ޖުލައި 2019 އިން ފެށިގެން 17 ޖުލައި 2019 އަށް ފަޤީރުންގެ ދަފްތަރަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، ހެނދުނު 9:00 އިން މެންދުރު 13:00 އަށް ޝަކުވާ ބަލައިގަންނާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިނިސްޓްރީން ބުނީ، މާލެ އާއި އަތޮޅުތަކުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން "ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ރަޖިސްޓަރީ ވާން އެދޭ ފޯމު" ފުރުމަށް ފަހު އަތޮޅުތެރޭގައި ނަމަ ކޮންމެ ރަށަކުން ވެސް އެރަށެއްގެ ރަށު ކައުންސިލް / ސިޓީ ކައުންސިލަށް ހުށަހެޅޭނެ ކަމަށާއި، މާލޭގައި ނަމަ ފޯމު ހުށަހަޅާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ފަގީރުންގެ ގޮތުގައި 16،294 މީހުން ރަޖިސްޓަރީ ވެފައި ވެއެވެ. 2017 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައި ވަނީ 16،205 މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް