Advertisement
ކ. މާލެ
|
13 ޖުލައި 2019 | ހޮނިހިރު 19:26
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ މެންދުރު
ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންނެވީ ހޮނިހިރު ދުވަހުގެ މެންދުރު
ރައީސް އޮފީސް
ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުފުޅު
ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
ރައީސް ތިނަދޫއަށް ވަޑައިގެންނެވީ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެވަޑައިގެންނެވުމަށް

އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ޖަޒީރާ ހޮޅުއަށީގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ހޮނިހިރު ދުވަހުގެ މެންދުރު މާލެ ވަޑައިގެންފިއެވެ.

ތިނަދޫގައި ބޭއްވި ޖަޒީރާ ހޮޅުއަށި ބައްދަލުވުމަކީ މި ސިލްސިލާގެ 3 ވަނަ ބައްދަލުވުމުވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިކަމުން ލިބޭ ނަފާއިތުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ބައެއް ވިސްނުންފުޅުތައް ޙިއްޞާކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ކަމާބެހޭ އިދާރާތަކުގެ އިސްފަރާތްތަކުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

Advertisement

މިފަހަރުގެ ޖަޒީރާ ހޮޅުއަށީގައި މަޝްވާރާކޮށްފައި ވަނީ ސަރުކާރުގެ މަސްވެރިކަމާގުޅޭ ސިޔާސަތުގެ ދަށުން މަސްވެރިކަމުގެ ނަފާ އިތުރުކުރުމުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ކުރެއްވި މި ދަތުރުފުޅުގައި ގއ. އަދި ގދ. ގެ ބައެއް ކައުންސިލަރުންނާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފައި ވެއެވެ. އަދި ރަށުގެ ބައެއް މުޢައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ޙާލަތު ބައްލަވައިލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް