Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 18:15
ސައުދި އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު
ސައުދި އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު
ޓްވިޓަރ
ސައުދީ ރަސްގެފާނު ސަލްމާން
ފަލަސްތީން ގެ ހަނގުރާމައިގެ ތެރޭގައިވާ އާއިލާތަކަށް 1000 ހައްޖު ކޯޓާ
ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓާރ ސައުދީ ރަސްގެފާނުގެ މި ހިއްތިރި އަމަލަށް ތައުރީފުކޮށް ވާހަކަފުޅު ދެއްކެވި
ހައްޖާޖީން ސައުދީ އަށް ގެނައުމަށް ހަމަޖެހިަފއިވަނީ ޕްރައިވެޓް ފްލައިޓް ތަކުގައި
ހައްޖަށް އައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިސްރު އަދި ޖޯޑަންގެ އެމްބަސީތައް މެދުވެރިކޮށް މިނިސްޓްރީއިން ގާތުން ބަލާނެ

ފަލަސްތީނުގެ ހަނގުރާމައިގެ ތެރޭގައިވާ އާއިލާތަކަށް 1000 ހައްޖު ކޯޓާ ދިނުމަށް ސައުދީ އަރަބިޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު އަންގައިފިއެވެ.

ސާދަަސަތޭކަ ސާޅީސްވަނަ އަަހަރުގެ ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު ފަލަސްތީނުގެ ހަނގުރާމައިގެ ތެރޭގައިވާ އާއިލާތަކަށް ސައުދީގެ "ކަސްޓޮޑީ އޮފް ދަ ޓޫ ހޮލީ މޮސްކްސް ގެސްޓް ޕްރޮގްރާމް ފޮރ ހައްޖު އެންޑް އުމްރާ" ގެ ދަަށުން ދިނުމަށްް ސައުދީ ރަސްގެފާނު އަންގާފައިވާ ކަމަށް އެ ގައުމުގު ނޫސްތަކުން ބުނެފައިވެއެވެ.

Advertisement

ސައުދީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޝެއިހް އަބްދުއްލަތީފް އަލް-އަޝެއިހް ސައުދީ ރަސްގެފާނުގެ މި ހިއްތިރި އަމަލަށް ތައުރީފުކޮށް ވާހަކަފުޅު ދައްކަވާފައިވާ ކަމަށް ސައުދީގެ ނޫސް އެޖެންސީތަކުން ހަބަރު ފަތުރައެވެ. އަދި މިނިސްޓަރ އަލް-އަޝެއިހް ވަނީ ރަސްގެފާނުގެ އަމުރުފުޅާ އެއްގޮތަށް ފަލަސްތީނުގެ ހައްޖާޖީން ހައްޖަށް އައުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މިސްރު އަދި ޖޯޑަންގެ އެމްބަސީތައް މެދުވެރިކޮށް މިނިސްޓްރީއިން ގާތުން ބަލާނެ ކަމަށާއި ހައްޖާޖީން ސައުދީއަށް ގެނައުމަށް ހަމަޖެހިފައިވަނީ ޕްރައިވެޓް ފްލައިޓް ތަކުގައި ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް