Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 14:02
ޏ. ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއު
ޏ. ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއު
ޓްވިޓަރ
މުހައްމަދު ޝަފީއު ގެއްލުން
ފުވައްމުލަކުން ގެއްލުނު ޝަފީއުގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނުން އެރަށަށް ގޮސްފި
ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރި ވަމުންދޭ
ހަޤީޤަތަށް ވާސިލު ވުމަށް ކޮމިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ
އޭނާ ގެއްލިގެން އާއިލާއިން ހޯދަން ފެށީ ޖުލައި މަހުގެ 14 ވަނަ ދުވަހުގެރޭ

މީގެ ދެ އަހަރުކުރިން ޏ. ފުވައްމުލަކުން ގެއްލުނު މުހައްމަދު ޝަފީއުގެ މައްސަލަ ބެލުމަށްޓަކައި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންނާބެހޭ ރިޔާސީ ކޮމިޝަންގެ ޓީމެއް އެރަށުގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

Advertisement

2017 ވަނަ އަހަރު އޭނާ ގެއްލިފައިވާއިރު، އެ މައްސަލަ އަލުން ބަލާދިނުމަށް އެދި ޓްވިޓަރގައި އާންމުންގެ މީހަކު ކުރި ޓްވީޓަކަށް ޖަވާބުދެމުން ކޮމިޝަނުން އަންގާރަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، އެ މައްސަލަ ތަހުޤީޤު ކުރުމަށް ކޮމިޝަނުގެ ޓީމެއް ފުވައްމުލަކުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި އެ މައްސަލައިގެ ހަޤީޤަތަށް ވާސިލު ވުމަށް ކޮމިޝަނުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަޤީންކަންދޭ ކަމަށް ކޮމިޝަނުން ބުންޏެވެ.

ޝަފީއު ގެއްލުނުއިރު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދިން ފުވައްމުލަކު މީހަކު ބުނީ، ޝަފީއު ހޯދުމުގެ މަސައްކަތް އެރަށު ރައްޔިތުންނާއި ފުލުހުން ކުރިއަށް ގެންދިޔަ ނަމަވެސް އޭނާ ނުފެންނަ ކަމަށެވެ. އަދި ރަށު ތެރޭގައި އޭނާ އުޅޭކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ. އޭގެ އިތުރުން، އޭނާ ގެއްލިފައިވަނީ މޫދަށް އެރިއުޅުމުގެ ތެރޭގައި ހިނގި ހާދިސާއަކުން ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ޝަފީއު ގެއްލުމުގެ ކުރިން އޭނާ ވަޒީފާ އަދާކުރަމުން ދިޔައީ އަންގާގާ ރިސޯޓުގައި ރޫމް އެޓެންޑެންޓެއްގެ ވަޒީފާއެވެ.

ޝަފީއު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފެށީ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ 11:30 އިން ފެށިގެންނެވެ. އޭނާގެ އަންބަކާއި ދަރިއަކު ދުނިޔޭގައި އެބަހުއްޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް