Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 12:38
ފުލުހެއް މަގުމަތީގައި ހަރަކާތްތެރިވަނީ
ފުލުހެއް މަގުމަތީގައި ހަރަކާތްތެރިވަނީ
ޕޮލިސް
އޭޖީ އޮފީސް
ދައުލަތުގެ މައްޗަށް އެންމެ ގިނައިން ދައުވާ އުފުލާފައިވަނީ ފުލުހުންގެ ވަޒީފާތަކުގެ މައްސަލަތަކުގައި: އޭޖީ
ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް 1123 އަޑުއެހުމަކަށް ހާޒިރުވެފައިވޭ
ދައުލަތުގެ މައްޗަށް ރައްދުވާ 111 މައްސަލައެއް ހިމެނޭ
22 މައްސަލައަކީ ފުލުހުންގެ މައްޗަށް ދައުވާ ރައްދުވާ މައްސަލަ

ވޭތުވެދިޔަ ހަ މަސް ދުވަހު އެޓަރނީ ޖެނަރަލް އޮފީސް (އޭޖީ) އޮފީހުން ވަކާލާތު ކޮށްފައިވާ މައްސަލަތަކަށް ބަލާއިރު، މިއަހަރު ދައުލަތުގެ މައްޗަށް އެންމެ ގިނައިން ދައުވާ އުފުލާފައިވަނީ ފުލުހުންނާ ގުޅޭ ވަޒީފާގެ މައްސަލަތަކުގައި ކަމަށް އެ އޮފީހުން ބުނެފިއެވެ.

އަންގާރަ ދުވަހު އޭޖީ އޮފީހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އޭޖީ އޮފީހުގެ ވަކީލުން 1123 އަޑުއެހުމަކަށް ހާޒިރުވެ، 167 މައްސަލާގައި ވަކާލާތު ކޮށްފައިވެއެވެ. އޭގެތެރޭގައި ދައުލަތުގެ މައްޗަށް ރައްދުވާ 111 މައްސަލައެއް ހިމެނެއެވެ.

Advertisement

އޭޖީ އޮފީހުން ބުނީ އޭގެތެރެއިން 22 މައްސަލައަކީ ފުލުހުންގެ މައްޗަށް ދައުވާ ރައްދުވާ މައްސަލަތަކަށްވާއިރު، އޭގެތެރޭގައި ހިމެނެނީ ވަޒީފާއާ ގުޅުންހުރި މައްސަލަތަކެވެ.

އޭގެ އިތުރުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓުގެ މައްޗަށް 11 މައްސަލައެއްގައި ދައުވާ އުފުލާފައިވާއިރު، ޑިފެންސް މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީގެ މައްޗަށްވެސް ބައެއް މައްސަލަތަކުގައި ދައުވާ އުފުލާފައިވެއެވެ.

ފުލުހުނާއި ގުޅޅޭ މައްސަލަތަކަކީ ވަޒީފާގެ މައްސަލަތަކެއްްކަން އޭޖީ އޮފީހުން ބަޔާންކޮށްފައިވާއިރު، ފާއިތުވި ސަރުކާރުން ނުހައްޤުން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ދައުލަތުން ބޮޑެތި ބަދަލުތަކެއްވެސް ދޭން ޖެހިފައިވެއެވެ. އެގޮތުން ކުރީގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އާއި، ކުރީގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒަށް ދޭންޖެހޭ މުސާރަ އާއި އިނާޔަތްތައް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާއިރު، މިހާރު ކޮމިޝަނަރގެ މަގާމުގައި ހުންނެވި މުހައްމަދު ހަމީދު (އެމްސީ) އަކީ ވެސް ކޯޓު އަމުރުގެ ދަށުން ވަޒީފާ އަލުން ދެއްވި ބޭފުޅެކެވެ.

އޭގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހުއަށްވެސް 2.8 މިލިއަން ރުފިޔާއާއެކު، ފުލުހުންގެ ވަޒީފާ ދިނުމަށް ހުކުމްކޮށްފައިވާއިރު، ހޯމަ ދުވަހުވެސް ސިވިލް ކޯޓުގައި ފުލުހުންނާ ގުޅޭ ވަޒީފާގެ މައްސަލައެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ފުލުހުންގެ ސިވިލް މުވައްޒަފަކު ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާ މައްސަލާގައި ދަައުލަތުން ލައްކައަަކަށްވުރެ ގިނަ ރުފިޔާ ދިނުމަށް ހުކުމް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް