Advertisement
ކ. މާލެ
|
9 ޖުލައި 2019 | އަންގާރަ 14:06
ސިވިލް ކޯޓު - މުސާރައާއި އިނާޔަތުގެ ގޮތުގައި 112،035 ދޭން ހުކުމްކޮށްފައިވޭ
ސިވިލް ކޯޓު - މުސާރައާއި އިނާޔަތުގެ ގޮތުގައި 112،035 ދޭން ހުކުމްކޮށްފައިވޭ
ރާއްޖެއެމްވީ
ނުހައްޤުން ވަޒީފާއިން ވަކި ކުރުން
ފުލުހުންގެ ސިވިލް މުވައްޒަފަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެ
މުސާރައާއި އިނާޔަތުގެ ގޮތުގައި 112،035 ދޭންޖެހޭ
އަދާކުރަމުން ދިޔަ ވަޒީފާ އަލުން އިޔާދަ ކުރުމަށް ހުކުމް ކޮށްފައިވޭ
ޝަބީންއާ ދެމެދު އެކަމުގައި ފުލުހުން އެއްބަސްވުމަކަށް އައިސްފައިވޭ

މޯލްޑިވްސް ޕޮލިސް ސާރވިސްގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ނިމިދިޔަ ސަރުކާރުން ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް ބަދަލެއްގެ ގޮތުގައި ލައްކައަަކަށްވުރެ ގިނަ ރުފިޔާ ދޭން ޖެހިއްޖެއެވެ.

މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެސިސްޓެންޓް ސިވިލް އޮފިސަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ މުހައްމަދު ޝަބީން ނަސީމް 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގައި ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމެއްގައި ބުނީ، ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް ޝަބީން ވަޒީފާއިން ވަކިކޮށްފައިވާތީ މުސާރައާއި އިނާޔަތުގެ ގޮތުގައި ދޭންޖެހޭ 112،035 (އެއްލައްކަ ބާރަހާސް ތިރީސް ފަސް ރުފިޔާ) ދިނުމަށާއި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަލުން އިޔާދަ ކުރުމަށް ހުކުމް ކުރާ ކަމަށެވެ. އެގޮތުން އެފައިސާ 22 ޖުލައި 2019 ގެ ކުރިން އަނބުރާ ދެއްކުމަށް ދިވެހި ދައުލަތުގެ ފަރާތުން ފުލުހުން އެއްބަސްވެ، ޝަބީންއާ ދެމެދު އެކަމުގައި އެއްބަސްވުމަކަށް އައިސްފައިވާ ކަމަށްވެސް ހުކުމުގައި ބުނެފައިވެއެވެ.

ޝަބީންއަށް ބަދަލެއްގެ ގޮތުން ދައުލަތުގެ ފަރާތުން ލައްކައަކަށްވުރެ ގިނަ ރުފިޔާ ދިނުމަށާއި، ވަޒީފާ އަލުން ރުޖޫއަކުުރުމަށް ހުކުމް ކޮށްފައިވާއިރު، ފާއިތުވި ސަރުކާރުން އެކި މުއައްސަސާތަކުގައި މަސައްކަތް ކުރި ގިނަ މުވައްޒަފުންތަކެއް ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ ބޮޑެތި ޝަކުވާތަކެއް ވަނީ ހުށައެޅިފައެވެ. އެގޮތުން ނުހައްޤުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

Advertisement

އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރެއިން 301 މީހުންނަށް ވަޒިފާ އަނބުރާ ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާއި، ވަޒީފާ ބަދަލު ކުރި މީހުންގެ މައްސަލަތައް ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ތިން ވަނަ ދުވަހެވެ. އަދި އެ މައްސަލަތަށް ހުށަހެޅުމަށް ސަރުކާރުން ދިނީ 30 ދުވަހުގެ މުއްދަތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް