Advertisement
ކ. މާލެ
|
8 ޖުލައި 2019 | ހޯމަ 17:36
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އޭނާގެ މަންމައާއެކު
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އޭނާގެ މަންމައާއެކު
ރާއްޖެއެމްވީ
ރިލްވާނުގެ މައްސަލަ
ރިލްވާނުގެ މައްސަލާގައި ފުލުހުން ވެފައިވާ އިހުމާލު ބަލާ ކޮމިޓީ ސިއްރުކޮށްފި
ޕީޖީ އޮފީހުން ހުށައަޅާފައިވާ ސިއްރު ސިޓީއަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވޭ
ރިލްވާނުގެ އާއިލާއިން ފޮނުވާފައިވާ ސިޓީއެއްވެސް ހިމެނޭ
ފުލުހުންވެފައިވާ އިހުމާލު ބެލުމަށް ފާސްކޮށްފައިވަނީ 67 މެމްބަރުންގެ އިއްތިފާގުން

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ފުލުހުންވެފައިވާ އިހުމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީން ބޭއްވި ބައްދަލުވުން ސިއްރު ކޮށްފިއެވެ.

ހޯމަ ދުވަހު މަޖިލިސް އިދާރާގައި އޮތް މި ކޮމިޓީ ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، ރިލްވާނުގެ މައްސަލައާ ގުޅޭގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ކޮމިޓީއަށް ހުށައަޅާފައިވާ ސިއްރު ސިޓީއަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފޮނުވާފައިވާ ސިޓީއަކާއި، މި މައްސަލައާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯރޓާއި، ރިލްވާނުގެ އާއިލާއިން ފޮނުވާފައިވާ ސިޓީއެއްވެސް ހިމެނޭ ކަމަށް ކޮމިޓީގެ މުޤައްރިރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެއެވެ.

ރިލްވާންގެ މައްސަލާގައި ފުލުހުންވެފައިވާ އިހުމާލު ބެލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 67 މެމްބަރުންގެ އިއްތިފާގުންނެވެ. އެ އިސްލާހާއެކު ކޮމިޓީ ރިޕޯޓު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެންބަރުންގެ ތެރެއިން 65 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

Advertisement

އެގޮތަށް ފާސްކުރީ މައްސަލަ ދިރާސާ ކުރުމަށް ފަހު ކޮމިޓީން ތަޅުމަށް ފޮނުވި ރިޕޯޓަށް ހުށަހެޅި އިސްލާހެއްގެ ގޮތުގައެވެ. އަދި މިއިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިނެވެ. ތާއީދު ކުރެއްވީ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދެވެ.

އޭރު މި އިސްލާހަށް ބަހުސް ކުރައްވަމުން މެމްބަރު ހިސާން އޭރު ވިދާޅުވީ ރިލްވާނަށް އިންސާފު ނުލިބި އެތައް ދުވަހެއް ފާއިތުވެގެން ގޮސްފައިވާ ކަމަށާއި، މިކަމުގައި އިހުމާލުވި އެންމެންގެ މައްސަލަ ބަލަންޖެހޭ ކަމަށެވެ. ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް އޭނާގެ އާއިލާއިން ނުދާ މުއައްސަސާއެއް ނެތް ކަމަށާއި، މަޖިލީހުން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ ކަމަށެވެ.

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނަގާފައި ވަނީ 8 އޮގަސްޓް 2014 ގައެވެ. އޭގެ ފަހުން މިހާތަނަށް ވެސް ފުލުހުންނަށް ރިލްވާނަށްވީ ގޮތެއް ބުނެދެވިފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް