Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 22:44
ތަވަބާލަން ޕޫބަލަސިންގަމް
ތަވަބާލަން ޕޫބަލަސިންގަމް
އުރީދޫ
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު އިސްތިއުފާ ދެއްވައިފި
ތަވަބާލަން ޕޫބަލަސިންގަމް އިސްތިއުފާ ދެއްވީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫ ގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމާއި ގުޅިގެން

ތަވަބާލަން ޕޫބަލަސިންގަމް އުރީދޫ މޯލްޑިވްސް ބޯޑުގެ އެގްޒެކެޓިވް ޑިރެކްޓަރު (އުރީދޫ މޯލްޑިވްސްގެ މައި ހިއްސާދާރު ކަމުގައިވާ ވަތަނިއްޔާ އިންޓަރނޭޝަނަލް އެފްޒެޑް-އެލްއެލްސީ އިން ނޮމިނޭޓްކޮށްފައިވާ ރެޕްރެޒެންޓެޓިވް) ކަމުން، ޖޫން 13 ވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ.

ތަވަބާލަން ޕޫބަލަސިންގަމް މި މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އުރީދޫ ގްރޫޕުގެ ފަރާތުން އިންޑޯސެޓް އުރީދޫ ގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިވަޑައިގެންނެވުމާއި ގުޅިގެންނެވެ.

Advertisement

ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައި ހުންނެވި އިރު ތަވަބާލަން ޕޫބަލަސިންގަމް ވަނީ އުރީދޫ މޯލްޑިވްސް އިން ޑިޖިޓަލް ޓްރާންސްފޯމޭޝަން ގެނައުމަށް ކުރާ ދަތުރުގައި އެހީތެރި ވެދެއްވައި، ކުންފުނީގައި މިހާރު ބޭނުން ކުރަމުން އަންނަ ޕްރޮސެސްތައް ހަރުދަނާ ކުރުމުގެ އިތުރުން އައު ޕްރޮސެސްތައް ގާއިމުކޮށް، ކުންފުނީގެ ހިންގުން އިތުރަށް ވަރުގަދަ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ.

ބޯޑު ޑިރެކްޓަރެއްގެ ގޮތުގައި ހުންނަވައި ކުންފުނި ހިންގުމަށް ތަވަބާލަން ޕޫބަލަސިންގަމް ދެއްވާފައިވާ ލަފަޔާއި އިރުޝާދުގެ ދަށުން ކުންފުނީގެ ހިންގުން މިހާރަށް ވުރެ ހަރުދަނާކޮށް، އިތުރު ކުރިއެރުމާއި ކާމިޔާބު ހޯދުމުގެ މަގު ފަހިކޮށްދެއްވާފައިވާ ކަމަށް އުރީދޫ އިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް