ކ. މާލެ
|
4 މާރޗް 2017 | ހޮނިހިރު 19:30
އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް
އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް
ދަ އިންޓަރސެޕްޓް
ޖެފް ސެޝަންސް
ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް، ލިޔުމުން ޖަވާބު އަރުވާނެ: ޖަސްޓިސް ޑިޕާޓްމަންޓް
ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް ލިޔުމުން ޖަވާބު އަރުވާނެކަން ހާމަކުރީ ޖަސްޓިސް ޑިޕާޓްމަންޓުން

އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް މިދިޔަ ރިޔާސީ އިންތިޚާބުގެ ކޭމްޕޭނުގައި ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރެއްވި ކުރެއްވުމާ ގުޅިގެން ސެނެޓުގެ ޑިމޮކްރޭޓުންގެ ސުވާލުތަކަށް ލިޔުމުން ޖަވާބު އަރުވާނެ ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނެފިއެވެ.

 

ޑިމޮކްރޭޓުންގެ ސުވާލުތަކަށް ޖެފް ސެޝަންސް ލިޔުމުން ޖަވާބު އަރުވާނެ ކަމަށް ޖަސްޓިސް ޑިޕާޓްމަންޓުން ބުނިއިރު، ރިޕަބްލިކަނުންގެ އިސް ބޭފުޅަކު ވަނީ ޖެފް ސެޝަންސް ޕަބްލިކް ހިއަރިންއެއްގައި ޖަވާބު އެރުވުމަށް ޑިމޮކްރޭޓުން އެދުނު އެދުމަށް އިންކާރުކޮށްފައެެެވެ.

 

މިދިޔަ އަހަރު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކޭމްޕޭންގައި ރަޝިއާގެ އެމްބެސެޑަރާ ޖެފް ސެޝަންސް ބައްދަލު ކުރެއްވި ކުރެއްވުން ދާދި އިހަކަށް ދުވަހާ ހަމަޔަށް ހާމަނުވެ އޮތް އޮތުމާ ބެހޭގޮތުން ސެނެޓުގެ ޖުޑިޝަރީ ކޮމިޓީއަށް ޖެފް ސެޝަންސް ޖަވާބުދާރީވުމަށް އެދި، ސެނެޓުގެ ނުވަ ޑިމޮކްރޭޓުން ވަނީ ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޗަކް ގްރެސްލީއަށް ލިޔުއްވާފައެވެ. އެހެން ނަމަވެސް ގްރެސްލީ ވަނީ ޕަބްލިކް ހިއަރިން އަކަށް ދާން ބޭނުން ނުވާ ކަމަށް ވިދާޅުވެފައެެވެ.

 

ޖެފް ސެޝަންސް ވަނީ، ސެނެޓުގެ ނުވަ ޑިމޮކްރޭޓުން ސެނެޓުގެ ޖުޑިޝަރީ ކޮމިޓީގެ ޗެއާމަން ޗަކް ގްރެސްލީއަށް ލިޔުއްވުމުގެ ކުރިން ރަޝިއާ އިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމާ ގުޅޭ ތަހުގީގުން އެއްފަރާތަށް ޖެހިވަޑައިގެންފައެވެ. ރަޝިއާގެ ނުފޫޒު އެމެރިކާގެ އިންތިޚާބަށް ފޯރާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް އެފްބީއައި އިން ފަށާފައިވާ ތަހުގީގުން އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް ދުރަށް ޖެހިވަޑައިގެންފައިވާއިރު، އެކަން އޭނާ ހާމަ ކުރައްވާފައި ވަނީ ނެރުއްވާފައިވާ ބަޔާނެއްގައެވެ.

 

ސެނެޓަރއެއްގެ ގޮތުގައި ކުރިން ހުންނެވި ޖެފް ސެޝަންސް މިދިޔަ ޖެނުއަރީގައި އޮތް ސެނެޓުގެ "ކޮންފަމޭޝަން ހިއަރިން" ގައި ރަޝިއާގެ އެމްބެސެޑަރާ އެއްވެސް ގުޅުމެއް އޮތްކަން ހާމަކޮށްފައެއް ނުވެއެވެ. ބުދަދުވަހު ސެޝަންސް ވިދާޅުވީ އޭނާ "ރަޝިއާގެ އެއްވެސް އޮފިޝަލަކާ ކޭމްޕޭނާ ގުޅޭ ކަމެއްގައިި ބައްދަލުކޮށްފައި ނުވާ ކަމަށެވެ."

 

- ކޮމެންޓް