Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 02:04
ވައިމާސް ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތައް
ވައިމާސް ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތައް
ރަފީ ޖަމިއްޔާ
ވައިމާސް ޕްރޮގްރާމު
ވައިމާސް ޕްރޮގްރާމުގެ 3 ވަނަ ވަނަ ބުރު ނިންމާލައިފި
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހު

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިން ޔޫތު (ރަފީ) ޖަމިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދާ "ޔޫތް އޭޒް މިލީނިއަމް އެސެޓްސް ސީރީޒް" (ވައިމާސް) ގެ 3 ވަނަ ޕްރޮގްރާމް، ކާމިޔާބުކަމާއި އެކު ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހޮނިހިރު ދުވަހުއެވެ.

ރަފީ ޖަމިއްޔާ އިން ބުނީ މިލީނިއަމް ޔޫތް އެމްބެސެޑަރަކަށްވުމުގެ ޝައުޤުވެރިކަން ހުންނަ ގިނަ އަދަދެއްގެ ޒުވާނުން ދަނީ ވައިމާސް ޕްރޮގްރާމުގައި ބައިވެރިވަމުން ކަމަށާއި އެގޮތުން ފާއިތުވެ ދިޔަ ދެ ހަފްތާ ބަންދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި 75 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

Advertisement

އާންމުންނަށް ހުޅުވާލައިގެން، އެއްވެސް ފީއަކާއި ނުލާ ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ތިން ވަނަ ސެޝަންތައް ނަންގަވާ ދެއްވާފައިވަނީ ވައިމާސް ޕްރޮގްރާމުގެ ދެ ސިގްނޭޗަރ ސްޕީކަރުން ކަމުގައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް ފާތިމަތު ނަޝްވާ އާއި މައްސޫދު އަލީއެވެ. މި ދެ ބޭފުޅުންގެ ސެޝަން މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ތަފާތު މީހުންގެ ތެރޭގައި އެކު އެކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތްތަކާއި، އެކި ހާލަތްތަކުގައި މީހުންނާއި މެދު ޖެހޭ މައްސަލަތައް އެންމެ އެދެވޭ ގޮތެއްގައި ހައްލުކުރާނެ ގޮތްތަކުގެ އިތުރުން ބަދަލުތަކާއި ކުރިމަތިވާ ހިނދު އެކަންކަމާއި ޑީލް ކުރުމަށް ފަސޭހަވާނެ އުކުޅުތަކުގެ މައްޗަށެވެ.

ޒުވާނުން ބާރުވެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމުގެ މަގުސަދުގައި 2016 ވަނަ އަހަރުން ފެށިގެން ރަފީ ޖައިއްޔާ އިން ކުރިއަށް ގެންދާ ވައިމާސް ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަގުބޫލު ޕްރޮގްރާމެކެވެ.

ސިންގަޕޫރުގެ މަޝްހޫރު ޔުނިވަރސިޓީ އެޑްސްޓަރ ގްލޯބަލް އާއި ގުޅިގެން ތައްޔާރުކޮށްފައިވާ މި ޕްރޮގްރާމް 600 އަށް ވުރެ ގިނަ ޒުވާނުން ފުރިހަމަކޮށްފައިވާ ކަމުގައި ރަފީ އިން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް