Advertisement
ކ. މާލެ
|
7 ޖުލައި 2019 | އާދީއްތަ 07:33
ޗައިނާ އިން ރާއްޖެއަށް ކަނޑަ އަޅާފަިވާ ސަފީރު، ޔަންގް ލީޖޮންގް
ޗައިނާ އިން ރާއްޖެއަށް ކަނޑަ އަޅާފަިވާ ސަފީރު، ޔަންގް ލީޖޮންގް
މުހައްމަދު ޝަރުހާން
ޗައިނާ-ރާއްޖެ
ނަޝީދުގެ ވާހަކަފުޅު ދޮގުކުރައްވައި، ޗައިނާއަށް ދަރާފައިވާ އަދަދު ސަފީރު ވިދާޅުވެއްޖެ
ރާއްޖެއިން، ބޭރުގެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ އަދަދަކީ 3.2 ބިލިއަން ޑޮލަރު
ބުރިޖްގެ އަގުން ރާއްޖެއިން ދައްކަން ޖެހޭނީ 100 މިލިއަން ޑޮލަރު
ޗައިނާ އިން ރާއްޖޭގެ ކޮންމެ ސަރުކާރަކާއެކު ވެސް މަސައްކަތް ކޮށްފައިވާނީ ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވާހަކަފުޅު ދޮގުކުރައްވައި، ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ދަރަނީގެ އަދަދަކީ 1.52 ބިލިއަން ޑޮލަރު (23.57 ބިލިއަން ރުފިޔާ) ކަމަށް ސަފީރު ޔަންގް ލީޖޮންގް ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ނަޝީދު ވިދާޅުވީ ޗައިނާގެ ކުންފުނިތަކުން ހިންގި އަދި ހިންގަމުންދާ މަޝްރޫއުތަކަށް ނަގާފައިވާ ލޯނުތަކަށް ދިވެހި ސަރުކާރުން 3.4 ބިލިއަން ޑޮލަރު ދައްކަންޖެހިފައިވާ ކަމަށެވެ. އަދި 2020 ވަނަ އަހަރާއި ހަމައަށް އަންނައިރު ރާއްޖޭގެ ބަޖެޓުގެ 15 ޕަސެންޓު ހާއްސަ ކުރަން ޖެހޭނީ ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދައްކާ ހަލާސްކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

Advertisement

ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ސަފީރު ޔަންގް ލީޖޮންގް ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސް ހިސާބްތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރއާ ހަމައަށް ރާއްޖެއިން، ބޭރުގެ ގައުމުތަކަށް ދައްކަންޖެހޭ ދަރަނީގެ އަދަދަކީ 3.21 ބިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރެއިން ޗައިނާ އަށް ދައްކަން ޖެހެނީ 1.529 ބިލިއަން ޑޮލަރު ކަމަށެވެ.

"ޗައިނާ އިން ރާއްޖެއަށް ނިމިދިޔަ ނޮވެމްބަރާ ހަމައަށް ދޫކޮށްފައި ވަނީ 872 މިލިއަން ޑޮލަރުގެ ކޮންސެންޝަނަލް ލޯނު އަދި 657 މިލިއަން ޑޮލަރުގެ ޕްރިފެރެންޝަލް ލޯނު. ޕްރޮޖެކްޓްތައް ނިމުމުން ޖުމްލަ އަދަދު އަރާނީ 1.529 ބިލިއަން ޑޮލަރަށް،" ސަފީރު ވިދާޅުވި އެވެ.

"ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" ގެ އަގަކީ 200 މިލިއަން ޑޮލަރު ކަމަށާއި އޭގެ 57.5 ޕަސެންޓަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ ކަމަށާއި ބްރިޖުގެ އަގުގެ 36.1 ޕަސެންޓް އަދާކުރަނީ ޗައިނާގެ ބޭންކަކުން ނަގާފައިވާ ޕްރިފެރެންޝަލް ލޯނަކުން ކަމަށް ސަފީރު ވިދާޅުވި އެވެ. ދިވެހި ސަރުކާރުން ދައްކަނީ 6.4 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.

ބުރިޖަށް ނެގި ލޯނުން ދިވެހި ސަރުކާރުން ދައްކަންޖެހޭނީ 100 މިލިއަން ޑޮލަރު ކަމަށާއި، އެ ފައިސާ ދައްކަން ޖެހޭނީ ފަސް އަހަރު ފަހުން ކަމަށާއި، ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތަކީ 15 އަހަރު ދުވަސް ކަމަށް ސަފީރު ވިދާޅުވި އެވެ.

ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅޭ ގޮތުން ޔަންގް ލީޖޮންގް ވިދާޅުވެފައި ވަނީ ޗައިނާގެ ލޯނުތަކާ ގުޅޭ ފުރިހަމަ މައުލޫމާތު ނަޝީދަށް އެނގިވަޑައިނުގަންނަވާތީ ހާއިރާންވެ ވަޑައިގަންނަވާ ކަމަށާއި އަދި ޗައިނާ އިން ރާއްޖޭގެ ކޮންމެ ސަރުކާރަކާއެކު ވެސް މަސައްކަތް ކޮށްފައިވާނީ ދެ ގައުމަށް ވެސް ފައިދާވާނެ ގޮތަށް ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދޭ އެހީގައި ސިޔާސީ އެއްވެސް ބޭނުމެއް ނުވާކަމުގައެވެ.

Advertisement

Advertisement
- ކޮމެންޓް
7 ޖުލައި 2019 | އާދީއްތަ 08:13
އަބޫ
އަދިވެސް ސާފުނުވާ އެއްޗެއް އެބަ ވޭ، އެއީ ރާއްޖެއިން ޗައިނާއަށް ދީފައިވާ ސުވަރިންގ ގެރެންޓީ އޭގެ ފިގާއެއް ނެތް، އެހެންވީމާ ރައީސް ނަޝީދު ވިދާޅުވާ އަދަދަކީ ސައްޙަ އަދަދު ކަމަށް ޤަބޫލުކުރެވޭ،