Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 18:43
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު
ޝުއައިބް މުހައްމަދު އިގްބާލް
ރާއްޖެ-ޗައިނާ
ބަޖެޓުގެ 15 ޕަސެންޓް ހާއްސަ ކުރަން ޖެހޭނީ ޗައިނާގެ ދަރަނި އަދާކުރަން!
ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖެގައި މަސައްކަތް ކުރުމަށް ފަހު ރާއްޖެއަށް ބިލް ފޮނުވި ކަމުގައި
ރާއްޖެއިން ޗައިނާ އާއި އެކު ވެފައިވާ ގިނަ އެއްބަސްވުން ތަކަކީ ސަރުކާރުގެ ކުންފުނިތަކާއި އެކު ވެފައިވާ ކޮމާޝަލް ލޯންތަކުގެ އެއްބަސްވުންތަކެއް
ޗައިނާއަށް ދައްކަންޖެހޭ ފައިސާ އަނބުރާ ނުދެއްކިއްޖެނަމަ ދެން ޖެހޭނީ ރާއްޖޭގެ ޕްރޮޖެކްޓް ތަކުގެ ހިއްސާ އެގައުމަށް ދޭންކަމަށް ނަޝީދު ވިދާޅުވި
ޗައިނާގެ އެކި ކުންފުނިތަކަށް ރާއްޖެއިން ޖުމްލަ 3.4 ބިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވި

ދެހާސް ވިހިވަނަ އަހަރާ ހަމައަށް އަންނަ އިރު ރާއްޖޭގެ ބަޖެޓުގެ 15 ޕަސެންޓު ހާއްސަކުރަން ޖެހޭނީ ޗައިނާއަށް ދައްކަން ޖެހޭ ލޯނުތައް ދައްކާ ހަލާސްކުރުމަށް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަންޖެހޭ ފައިސާއާ ބެހޭގޮތުން އިންޑިއާގެ ނޫހަކަށް ދެއްވި އިންޓިވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ޗައިނާއިން ރާއްޖެގައި މަސައްކަތް ކުރުމަށް ފަހު ރާއްޖެއަށް ބިލް ފޮނުވި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޗައިނާއިން އިންވޮއިސް ކުރުމާއެކު މިހާރު ރާއްޖެއިން ލޯނުގެ އިންޓެރެސްޓްގެ އިތުރުން މަސައްކަތުގެ އަގުވެސް ދައްކަން ޖެހޭކަމަށެވެ.

Advertisement

ރާއްޖެއިން ޗައިނާއާއެކު ވެފައިވާ ގިނަ އެއްބަސްވުން ތަކަކީ ސަރުކާރުގެ ކުންފުނިތަކާއި އެކު ވެފައިވާ ކޮމާޝަލް ލޯންތަކުގެ އެއްބަސްވުންތައްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، އެ ލޯންތަށް ދައްކާނެ ގޮތާމެދު ޗައިނާއާއި އެކު މަޝްވަރާކުރާނެ ކަމަށެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، ޗައިނާގެ އެކި ކުންފުނިތަކަށް ރާއްޖެއިން ޖުމްލަ 3.4 ބިލިއަނެއްހާ ޑޮލަރު ދައްކަން ޖެހޭ ކަމަށާއި އެ އަދަދު ހޯދުމަކީ ފަސޭހަކަމަކަމެއް ނޫންކަމަށެވެ. އަދި މިއަދަދު އެއްކޮށް ދައްކާ ހަލާސް ކުރުމަށް ރާއްޖޭގެ ބަޖެޓުގެ 15 ޕަސެންޓް އެކަމަށް ހާއްސަކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ބޭއްވި ޖަލްސާގައި ކުރީގެ އަބްދުﷲ ޔާމިން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނުވަނީ ޗައިނާއަށް ދައްކަންޖެހޭ ފައިސާ އަނބުރާ ނުދެއްކިއްޖެނަމަ، ދެން ޖެހޭނީ ރާއްޖޭގެ ޕްރޮޖެކްޓް ތަކުގެ ހިއްސާ އެގައުމަށް ދޭންކަމަށާއި، މި ހިއްސާއާއެކު ގެއްލޭނީ ރާއްޖޭގެ ބިން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް