Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 16:43
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ
ޝުއައިބް މުހައްމަދު އިގްބާލް
ބާ ކައުންސިލް އިންތިހާބު
ބާ ކައުންސިލް އިންތިހާބަށް މިހާތަނަށް 13 ފަރާތަކުން ފޯމު ހުށައަޅައިފި
ރައީސް ކަމަށް 2 ބޭފުޅުން ކުރިމަތިލައްވާފައިވޭ
މުއްދަތު ހަމަވާއިރު މި އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވޭ
އިންތިހާބު ގެންދާނެ ގޮތް ބަޔާންކުރާ އުސޫލު މިހާރު ވަނީ ގެޒެޓު ކުރެވިފައި

މި ހިނގާ ޖުލައި މަހުގެ 13 ވަނަ ދުވަހު އޮންނަ ބާރ ކައުންސިލް އިންތިހާބަށް މިހާތަނަށް 13 ފަރާތަކުން ފޯމު ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އިންތިހާބަށް ފޯމު ހުށައެޅުމުގެ މުއްދަތު ހުކުރު ދުވަހުގެ ހަވީރު 5 ގެ ނިޔަލަށް ހުޅުވާލާފައިވާއިރު، "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން އަމްޖަދު ވިދާޅުވީ، ހުކުރު ދުވަހުގެ ހަވީރު 4 ގެ ނިޔަލަށް 13 ފަރާތަކުން ފޯމު ހުށައަޅާފައިވާ ކަމަށާއި، މިހާތަނަށް ރައީސް ކަމުގެ މަޤާމަށް ކުރިމަތިލައްވާފައިވަނީ 2 ފަރާތަކުން ކަމަށެވެ. އޭގެ އިތުރުން، ނައިބް ރައީސް ކަމުގެ މަޤާމަށް 1 ފަރާތަކުން ކުރިމަތިލައްވާފައިވާ ކަމަށާއި، މުއްދަތު ހަމަވާއިރު މި އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަަމަށްވެސް އަމްޖަދު ވިދާޅުވިއެވެ.

Advertisement

އަމްޖަދު އިތުރަށް ވިދާޅުވީ، ސުލްހަވެރިކަމާއެކު ދެފުށް ފެންނަ ގޮތަށް އިންތިހާބު ކުރިއަށްގެންދިއުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އިންތިހާބާ ގުޅޭ އުސޫލު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައި އެ އުސޫލު ގެޒެޓްވެސް ކޮށްފައިވާނެ ކަމަށެވެ.

އާދިއްތަ ދުވަހު އޮންނާނެ ވޯޓަރސް ލިސްޓުގައި ސޮއި ކުރުން، ދެން އެހެން އިންތިހާބު ތަކެކޭ އެއްގޮތަށް މި ވޯޓަރސް ލިސްޓުގައިވެސް އަޅުގަނޑުމެން ސޮއި ކުރަން މި އިންތިހާބުގައި މި ނިންމީވެސް އެއީ ކުރިމަތިލާ ކެނޑިޑޭޓުންނާއި ކެނޑިޑޭޓުން ފަރާތުން ކަނޑައަޅާ މަންދޫބުންނަށްވެސް އެނގިގެންދާނެ މި އިންތިހާބަކީ ރަނގަޅަށް އަޅުގަނޑުމެން އޮންނަ އުސޫލުތަކުގެ ތެރެއިން ގެންދާ އިންތިހާބެއްކަން، ދެން މި އިންތިހާބު ގެންދިއުމަށްޓަކައި ޤާނޫނުގައި ބަޔާންކޮށްފައި އޮތީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން، އެހެންވީމާ އުސޫލެއް ކަނޑައަޅާފައި އިންތިހާބު ގެންދާނެ ގޮތް ބަޔާންކޮށް އެ އުސޫލު މިހާރު ވާނީ ގެޒެޓުވެސް ކުރެވިފައި، އެހެންވީމާ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން އަޅުގަނޑުމެން ދާނީ
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ

އަމްޖަދު އިތުރަށް ވިދާޅުވީ، އުސޫލުގައި ބަޔާންކޮށްފައި ނުވާ ކަމެއް އިންތިހާބުގައި ދިމާވެއްޖެނަމަ އެކަމާމެދު ގޮތެއް ނިންމާނީ ކޮމިޝަނުން ކަމަށެވެ.

އިންތިހާބުގައި ވޯޓު ލުމުގެ ހުއްދަ ލިބިފައިވަނީ ވަކީލުންނަށް ކަން ފާހަގަކުރައްވައި އަމްޖަދު ވިދާޅުވީ، 1490 ވަކީލުން ވޯޓުލުމަށް ހިމެނޭ ކަމަށާއި، ވޯޓު ލުމަށް ރީ ރެޖިސްޓްރޭޝަނަށް ހުޅުވާލުމުން މާލޭގެ އިތުރުން އައްޑޫ ސިޓީންވެސް 11 ފަރާތަކުން ރަޖިސްޓްރީ ވެފައިވާ ކަމަށެވެ. އަދި 13 ވަނަ ދުވަހު ވޯޓުލާއިރު، މާލެއާއި އައްޑޫ ސިޓީގައި ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ނިންމަވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބާ ކައުންސިލުގެ ރައީސް ކަމުގެ މަޤާމަށް ޤާނޫނީ ވަކީލު ހުސްނުއްސުއޫދާއި، ގާނޫނީ ވަކީލް މައުމޫނު ހަމީދު ކުރިމަތިލައްވާފައިވާއިރު، ނައިބް ރައީސް ކަމުގެ މަޤާމަށް ޤާނޫނީ ވަކީލު އަބްދުﷲ މުއިޒު ވަނީ ކުރިމަތިލައްވާފައެވެ.

ބާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ފޯމު ހުށައަޅުއްވާފައި ނުކުމެވަޑައިގެން "ރާއްޖެއެމްވީ"އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ޤާނޫނީ ވަކީލް އަދި ކުރީގެ ބަންޑާރަ ނައިބް ހުސްނުއްސުއޫދު ވިދާޅުވީ، އިންތިހާބަށް ކެމްޕެއިން ކުރުމުގެ މަސައްކަތް ޤާނޫނީ އިމުގެ ތެރެއިން ކުރިއަށްގެންދަވާނެ ކަމަށާއި، ވަކީލުންގެ ހުރި ދަތިތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން ވަކީލުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަ ކުރެވެނީ

" އެންމެ ބޮޑު މައްސަލައެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވެނީ ވަކީލުންގެ ތެރެއިން ވަޒީފާއެއް ނުލިބި ތިބި ވަރަށް ގިނަ އަދަދެއްގެ ވަކީލުން އެބަތިބި، ވޭތުވެ ދިޔަ ހަތަރު ފަސް އަހަރެއްގެ ތެރޭގައި ވަކީލުންގެ އަދަދު ވަރަށް މައްޗަށް ގޮސްފައި މި އޮތީ، އަދި ވަކީލުންގެ ގޮތުގައި ގްރެޖުއޭޓްވާ އަދަދުވެސް ވަރަށް ބޮޑު، އެއާއެކުގައި ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ވަކީލުންނަކަށް ފުރުސަތެއް ނެތް ވަޒީފާ ހޯދުމުގެ، އެހެންވީމާ ވަޒީފާ މަދުވެގެން ޤާނުނީ ވަކީލުންނަށް ފުރުސަތު ނުލިބި ވަޒީފާއެއް ނުލިބި އަޅުގަނޑު ވާހަަކަދެއްކި ވަރަށް ގިނަ ވަކީލުން އެބަތިބި،
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 12 ވަނަ ޖަލްސާގައި ފާސްކުރި ގާނޫނީ ފަންނުގެ ބިލްގައިވާ ގޮތުން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އިންތިހާބު ކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވާނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ބާ ކައުންސިލްގެ އިންތިހާބު ބާއްވަން ނިންމީ، ގާނޫނީ ފަންނުގެ ބިލުގެ އެގާރަ ވާނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުކުރެވޭ ރައީސާއި، ނައިބު ރައީސާއި، ޤާނޫނީ ވަކީލުން އިންތިޚާބުކުރުމަށް ބާއްވާ ފުރަތަމަ އިންތިޚާބު ބާއްވަން ޖެހޭނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން، އެ ކޮމިޝަނުގެ ފަރާތުން ކަމަށް ބަޔާންކޮށްފައި އޮތުމުންނެވެ. އެ ގާނޫނަށް އަމަލުކުރަން ފަށާތާ 21 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލާޒިމްކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް