Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 12:48
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ
ޝުއައިބް މުހައްމަދު އިގްބާލް
ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު
ހުއްޓިފައި ހުރި ރަށްތައް ޕްލޭންތަކާ އެއްގޮތަށް ހަލުވި މިނުގައި ކުރިއަށްދާނެ: ޓޫރިޒަމް މިނިސްޓަރ
އެތަންތަން ވަރަށް އަވަހަށް ތަރައްޤީވެގެންދާނެ
އިންވެސްޓަރުންނަށް މަޖުބޫރުކޮށްގެން ފައިސާގެ މުއާމަލާތްތައް ހިންގުމުގެ އުސޫލު ނެތިގެންދާނެ

އެކި ސަބަބުތަކާހުރެ ހުއްޓިފައި ނުވަތަ މަޑުޖެހިފައި ހުރި ރަށްތައް ދެން ޕްލޭންތަކާ އެއްގޮތަށް ހަލުވި މިނުގައި ކުރިއަށްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Advertisement

ފަތުރުވެރިކަމުގެ ބޭނުމަށް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކޮށްދިނުމާއި, ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި ޢަމަލުކުރާނެގޮތުގެ ގަވައިދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގާރަ ދުވަހު އާންމު ކޮށްފައިވާއިރު، އެކަމާ ގުޅޭގޮތުން މިނިސްޓަރ ކުރެއްވި ޓްވީޓެއްގަިއ ވިދާޅުވީ، ހުއްޓިފައި ނުވަތަ މަޑުޖެހިފައިހުރި ރަށްތައް ޕްލޭންތަކާ އެއްގޮތަށް ހަލުވި މިނެއްގައި ކުރިއަށްދާނެ ކަމަށާއި، އެތަންތަން ވަރަށް އަވަހަށް ތަރައްޤީވެގެންދާނެ ކަމަށެވެ. އަދި ސީއެސްއާރްއާއި އެކި ނަންނަމުގައި އިންވެސްޓަރުންނަށް މަޖުބޫރުކޮށްގެން ފައިސާގެ މުއާމަލާތްތައް ހިންގުމުގެ އުސޫލު ނެތިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޤަވާއިދުގެ ސަބަބުން ދެފުށް ފެންނަ, ހަރުދަނާ ގޮތެއްގައި ކަންކަން ނިންމޭނެ ކަމަށާއި، ކޮރަޕްޝަނަށް މަގުފަހި ނުވާނެހެން ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް މަޝްރޫތައް ހިންގޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީންވެސް ބުނެއެވެ.

މި ގަވައިދުގައި ވާގޮތުން ކުއްޔަށް ދޫކޮށްފައިވާ ތަން ތަރައްގީކޮށް ނިންމައި ހިންގުމަށް އިތުރު މުއްދަތެއްދީ ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތްނަމަ، އެ ފައިސާ ދެއްކުން ފަސްކޮށްދިނުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީ އަށް ލިބިގެންވެއެވެ. މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ "ކޮންސްޓްރަކްޝަން ޕީރިއަޑް" މި ގަވާއިދުގައި ކަނޑައަޅައިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އިތުރުކޮށްދިނުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް