Advertisement
ކ. މާލެ
|
5 ޖުލައި 2019 | ހުކުރު 12:06
ކަލުވަކަރު މިސްކިތް
ކަލުވަކަރު މިސްކިތް
މޯލްޑިވްސް ޓައިމްސް
ކަޅުވަކަރު މިސްކިތް
ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ފަށާތާ 100 ދުވަސް ތެރޭ ނިމޭނެކަަމަށް ބެލެވޭ: ތޯރިޤް
ޓެންޑަރިންގ މަރުހަލާގައި ވަރަށް ގިނަ ވަގުތު ހޭދަވޭ

ކަޅުވަކަރު މިސްކިތް އަލުން ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށާތާ 100 ދުވަސް ތެރޭ އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިޤް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ކަޅުވަކަރު މިސްކިތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތޯރިޤް ވިދާޅުވީ، ކަޅުވަކަރު މިސްކިތް ބަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 2 ފަހަރު އިއުލާނު ކުރުމުންވެސް ހުށައެޅި ޓެންޑަރ ތަކުގެ ޝަރުތުހަމަނުވާ ކަމަށެވެ. އަދި އެފަދަ ސަބަބުތަކާހުރެ އެ މަސައްކަތް ލަސްވި ނަމަވެސް މިސްކިތް ބެހެއްޓުމުގެ އަމަލީ މަސައްކަތް ފަށާތާ 100 ދުވަސް ތެރޭގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށް ތޯރިޤް ވިދާޅުވި އެވެ.

Advertisement

ތޯރިޤް ވިދާޅުވީ، ޓެންޑަރިންގ މަރުހަލާގައި ވަރަށް ގިނަ ވަގުތު ހޭދަވާ ކަމަށާއި، ޓެންޑަރއަށް ހުޅުވާލުމަށްފަހު ބިޑުތައް ބަލާއިރު ކުރިމަތިލަނީ މަދު ފަރާތަކުން ކަމަށެވެ. އަދި އެގޮތަށް ދެ ފަހަރު އިއުލާނު ކުރުމުންވެސް ހުށައަޅާ ބިޑް ތަކުގައި ޓެންޑަރ ޑޮކިއުމެންޓްގައި ހިމަނާފައިވާ ޝަރުތުތައް ފުރިަހަމަ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓެންޑަރއަށް ހުޅުވާލައިގެން އެދޭންޖެހޭ ވަގުތުތައް ދީފަ ދެން ބިޑު ބަލާއިރު ދެ ފަރާތަކުން ތިން ފަރާތަކުން ކުރިމަތިލަނީ، ޝަރުތު ހަމައެއް ނުވޭ. އަނެއްކާ އަނެއް ފަހަރު އިއުލާން ކުރަން ޖެހޭ. އެހެންގޮސް މިހާރު ޓެންޑަރ އިއުލާން ކުރެވިއްޖެ ދެ ފަހަރު، އިއުލާނުކޮށްގެން އެ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން، ޓެންޑަރ ޑޮކިއުމެންޓްގައި އެބުނާ ޝަރުތުތައް ހަމަވެގެން ހަވާލުކުރެވޭނެ ފަރާތެއް ނުހޯދޭ!
ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިޤް

ތޯރިޤް އިތުރަށް ވިދާޅުވީ، ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ކުރަނީ ހަމައެކަނި މިިސްކިތެއް ބަހައްޓާލުމުގެ ބޭނުމުގައި ނޫން ކަމަށާއި، ވީހާވެސް ރަނގަޅަށް އެ މަސައްކަތް ކުރުމަށް މިނިސްޓްރީން އިސްކަންދޭނެ ކަމަށެވެ. އެގޮތުން މިހާރު ވިސްނާފައި އޮތީ، ޓެންޑަރއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ބަޔަކު ބިޑު އުސޫލުން ކުރިމަތިލައިގެން އެބަޔަކު ބިޑު ކޮމިޓީއަށް ފޮނުވުމަށް ކަމަށާއި، އެއަށްފަހު ކޮމިޓީން ނިންމާ ފަރާތެއް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑަށް ފޮނުވުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން ހުށައަޅާފައިވާ ބިޑްތައް އަލުން ދިިރާސާ ކުރުމަށް ބިޑް ކޮމިޓީއަށް ފޮނުވާފައިވާ ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑަށް ފޮނުވާނެ ކަމަށްވެސް ތޯރިޤް ވިދާޅުވިއެވެ.

ޓެންޑަރ ކުރުމުގެ ޕްރޮސެސް މިދަނީ ފިނޭންސް މިނިސްޓްރީގެ ތެރެއިން، އެކަންކަން ގަވައިދުން ކުރަމުން މިދަނީ. މިހާރު ދެފަހަރު ޓެންޑަރ ކޮށްގެން ކުރިމަތިލައިގެން ބަޔަކު ނުހޮވުނީމަ މިހާރު އޮތީ ޑައިރެކްޓްކޮށް ބަޔަކާ ވާހަކަދައްކައިގެން އެ ޓެންޑަރއަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް ބަޔަކު ބިޑު އުސޫލުން ކުރިމަތިލައިގެން އެބަޔަކު ބިޑު ކޮމިޓީއަށް ފޮނުވައިގެން އެ ކޮމިޓީން ނިންމާ ފަރާތެއް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑަށް ފޮނުވާ ހިސާބުގައި މިހާރު އޮތީ. ބިޑު އަލުން ދިރާސާކުރުމަށްޓަކައި މިހާރުވަނީ ބިޑް ކޮމިޓީއަށް ފޮނުވިފައި. ބިޑޫ ކޮމިޓީން ނިމުނުހާ އަވަހަކަށް ފިނޭންސް މިނިސްޓްރީގެ ޓެންޑަރ ބޯޑަށް ފޮނުވާނަން.
ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިޤް

މީލާދީ ގޮތުން 1789 ވަނަ ހަދާފައިވާ ކަޅުވަކަރު މިސްކިތް އަލުން ބަހައްޓަވާނީ، އިހުގެ އާސާރީ މިސްކިތެއްގެ ހައިބަތު ފެންނާނެ ފަދައިން، މީހުންނަށް ނަމާދުކުރެވޭނެ އިންތިޒާމުތަކާއި އެކު ކަމަށް މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް